އެއާ އެމްބިއުލާންސް ސީޕްލޭންގެ ފުރަތަމަ ދަތުރު

އެއާ އެމްބިއުލާންސް" ހިދުމަތްދޭ ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ބުނި ގޮތުގައި ސީޕްލޭން ގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މިއަދު ވަނީ އުފުލާފައެވެ. އެއީ ކުޑަހުވަދޫ އިން ބަލި މީހަކު މާލެ ގެނައުމަށެވެ.

"އެއާ އެމްބިއުލާންސް" ފްލީޓް ގައި ހިމެނޭ ސީޕްލޭން

ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ދޭން މޯލްޑިވިއަން އިން އުފެއްދި "އެއާ އެމްބިއުލާންސް" ފްލީޓަށް ސީޕްލޭނެއް އިތުރުކޮށްފައި ވަނިކޮށް ސީޕްލޭން ގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި އެވެ.

އެއާ އެމްބިއުލާންސް" ހިދުމަތްދޭ ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ބުނި ގޮތުގައި ސީޕްލޭން ގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މިއަދު ވަނީ އުފުލާފައެވެ. އެއީ ކުޑަހުވަދޫ އިން ބަލި މީހަކު މާލެ ގެނައުމަށެވެ.

ސަރުކާރުން ވަނީ ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓް ނެތް ރަށްށުން ވެސް ބަލި މީހުން މާލެ ގެނައުމުގެ ހިދުމަތް ފަށަން ސީޕްލޭންގެ ހިދުމަތް މި މަހުގެ 15 ވަނަ ދުވަހު ފަށާފައެވެ.

 ބޯޓު މޯލްޑިވިއަން އިން ބަލި މީހުން އުފުލަން ހާއްސަކޮށް އެތެރޭގައި ބަލި މީހުންނަށް ފަރުވާ ދިނުމުގެ ހިދުމަތް ވަނީ ގާއިމްކޮށްފަ އެވެ. އިމަޖެންސީގައި ބޭނުން ކުރާ ގިނަ ވަސީލަތް ތަކެއް މި ސީޕްލޭންގައި ވެސް ގާއިމްކޮށްފައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ހިދުމަތްތަކެއްގެ ގޮތުގައި ވައިގެ މަގުން ދިވެހި ރައްޔިތުން އުފުލުމުގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

މޯލްޑިވިއަން އިން މި ހިދުމަތް ދެނީ ޑޯނިޔާ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ. މި ބޯޓުގައި އެއްފަހަރާ ބަލި މީހުންގެ ދެ މީހުން އުފުލޭނެ އެވެ. 

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ވައިގެ މަގުން މާލެއަށް ފަރުވާއަށް މީހުންގެ 98 ޕަސެންޓު އުފުލީ މޯލްޑިވިއަން އެވެ. ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް މިހާތަނަށް ދެމުން ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންއިނެވެ. ދިވެއްސެއް ބަލިވެގެން ބޭރަށް "އެއާ ލިފްޓް" ކުރަން ޖެހުނަސް އެކަން ކުރީ ގައުމީ އެއާލައިނެވެ. މިކަމުގެ ތެރެއަށް 2012 އިން ފެށިގެން އަވަށްޓެރި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޑޯނިއާއެއް ވަނަސް މި އޮޕަރޭޝަން މިހާރު ވެސް ލީޑު ކުރާ ބަޔަކީ މޯލްޑިވިއަންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.