ބިގަށް ފައިސާ ދޭން ޖެހުނު މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

އެހެންކަމުން ޕީއެސްއެމްގެ ދައުރު މި މައްސަލައިގެ ތެރޭގައި އޮތުމަކީ އެންމެ މަސްލަހަތު ބޮޑު ގޮތް ކަމަށް ހުކުމްގައި ބަޔާންކޮށްފައިވެ އެވެ. އަދި، ދަށު ކޯޓު މަރުހަލާގައި ޕީއެސްއެމްއަށް އެމީހުންގެ ބަސް ބުނުމުގެ ހައްގު އޮންނަން ވާނެ ކަމަށެވެ.

ޕީއެސްއެމް

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމަނައިގެން މައްސަލަ ކުރިއަށް ގެންދަން މިއަދު ހައިކޯޓުން ހުކުމްކޮށްފި އެވެ.

ބިގަށް ފައިސާ ދައްކަން ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރީ، 2010 ވަނަ އަހަރު އޭރު މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) ހިންގިއިރު ވެފައިވާ މާކެޓިންއާ ގުޅޭ އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. އެ ހުކުމް ކޮށްފައި ވަނީ އެމްއެންބީސީގެ ޣައިރު ހާޒިރުގަ އެވެ.

އެ ހުކުމުގައި ވަނީ އެމްއެންބީސީ އާއި ބިގާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އެ އަދަދު އިތުރުވެފައި ވަނީ އެ ފައިސާ ގަވާއިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާތީ އެވެ. ޖޫރިމަނާއާ އެކު 78 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. 

ޕީއެސްއެމްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، 30 މިލިއަން ރުފިޔާ ބިގަށް ދޫކޮށްފައިވެ އެވެ.

މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ އެމްއެންބީސީގެ މައްޗަށް ވިޔަސް، އެކުންފުނި އުވިގެން ދިއުމާއިއެކު އެކުންފުނީގެ މިލްކުވެރިކަމުގައި ހުރި މުދަލާއި ފައިސާ އަދި ދަރަނިތައް ޕީއެސްއެމްއަށް ބަދަލުވެފައިވާ ކަމަށެވެ.

އެހެންކަމުން ޕީއެސްއެމްގެ ދައުރު މި މައްސަލައިގެ ތެރޭގައި އޮތުމަކީ އެންމެ މަސްލަހަތު ބޮޑު ގޮތް ކަމަށް ހުކުމްގައި ބަޔާންކޮށްފައިވެ އެވެ. އަދި، ދަށު ކޯޓު މަރުހަލާގައި ޕީއެސްއެމްއަށް އެމީހުންގެ ބަސް ބުނުމުގެ ހައްގު އޮންނަން ވާނެ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް އަލުން މައްސަލަ ބަލަން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.