ޕީޖީ އޮފީހުގެ އުސޫލު؛ ރޯދަ މަހު އެއްވެސް ބައްދަލުވުމަކަށް މޮބައިލް ފޯނެއް ނުވައްދާނެ

ޝަމީމް ހުންނަވާ މިދިޔަ އަހަރު ޕީޖީ އޮފީހުގައި ރޯދަ މަހު އަމަލުކުރީ ހަފްތާގެ 4 ދުވަހު މަސައްކަތް ކުރާ ނިޒާމެކެވެ. ކޮންމެ މުވައްޒަފަކަށް ވެސް ތިން ދުވަހުގެ ހަފްތާ ބަންދެއް ލިބުނެވެ.

ޕްރެސް އެއްގައި ޕީޖީ ހުސެއިން ޝަމީމް ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ -- ފައިލް ފޮޓޯ: މި ނޫސް

ރޯދަ މަހުގެ ފަހު ދިހަ ދުވަސް ބަންދުކުރުމާބެހޭ އުސޫލެއްގެ ބަދަލުގައި ދިގު މުއްދަތަކަށް ސަރުކާރު ބަންދުކުރާ ނަމަ އެކަމާ ގުޅިގެން ޕީޖީ އޮފީހުން އަމަލުކުރާނެ އުސޫލެއް ތައާރަފު ކޮށްފި އެވެ.

އެ އޮފީހުގެ މައުލޫމާތު ޕީޖީ ހުސައިން ޝަމީމް ވަނީ އޭނާގެ އަމިއްލަ ބްލޮގުގައި މިއަދު ލިޔުއްވި ލިޔުއްވުމެއް ގައި ތަފްސީލު ކޮށް ދެއްވާފައެވެ. 

އެގޮތުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާން ކޮންމެހެން ޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންް ފަހު 10 ގައި މަސައްކަތް ކުރާނީ ގޭގައި ކަމަށް ވަނީ ނިންމާފައެވެ. ގާނޫނުގައި ބުނާ މުއްދަތު ހަމަވާތީ ވަކި ދުވަހެއްގައި ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތަކާއި ކޯޓުތަކަށާ ތަހުގީގީ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަފުން އޮފީހުގައި މަސައްކަތް ކުރާނެ އެވެ. 

"އެކަން ކުރާނެ މީހުންގެ ވަކި ޑިއުޓީއެއް އޮންނާނެ އެވެ. ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ހިދުމަތްވެސް އޮންލައިންކޮށް ލިބޭނެ އެވެ. އެއްވެސް ކަމެއް ނުހުއްޓޭނެ އެވެ،" އާ އުސޫލާ ގުޅޭގޮތުން ޝަމީމް ލިޔުއްވާފައިވެ އެވެ.

އުސޫލުގައި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އެކި ބައްދަލުވުންތަކުގަ އާއި އާންމު މަސައްކަތުގައި އުޅޭއިރު މޯބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަ މަހު އެއްވެސް ބައްދަލުވުމަކަށް އެ އޮފީހުގެ މުވައްޒަފަކު މޯބައިލް ފޯނެއް ނުދައްވަން ހިމަނާފައި އޮތް އިތުމެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ނިންމުމުގެ ބޭނުމަކީ އެ ބައްދަލުވުމެއްގައި ދެކެވޭ ވާހަކައާއި ކުރާން އުޅޭ ކަމަކަށް ފުރިހަމައަށް ފޯކަސް ކުރުމެވެ. އަދި ލަގްޒަރީ ޕަބްލިކް ސާވިސްއެއް ދިނުމަށްޓަކާ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށާ އެކަން ކުރެވޭނީ އެކުރާ ކަމަކަށް އާދަޔާ ހިލާފު ބޮޑު ފޯކަސް އެއް / ސަމާލު ކަމެއް ދީގެން ކަމަށެވެ.

"ސަމާލުކަން ދެވޭނީ ފޯނުން ސަމާލުކަން އަތުލައިގަންނަންކުރާ މަސައްކަތަށް ހުރަސް އަޅައިގެންނެވެ. އެއްޗެއް ނޯޓު ކުރާ ނަމަ ނޯޓުކުރާ ފޮތް ހުންނާނެއެވެ. އިންޓާނެޓުން ކަމެއް ކުރަންވެއްޖެ ނަމަ ކޮމްޕިއުޓަރާއި ލެޕްޓޮޕް ހުންނާނެ އެވެ. ފޯނެއް ކުރަން ވެއްޖެ ނަމަ ލޭންޑް ލައިން ހުންނާނެ އެވެ،"

މީގެ އިތުރުން ކޮންމެހެން ނިންމަންޖެހޭ ކަންތައްތަކެއް ކަނޑައަޅައި އެކަންކަން ނިންމުމާއި ފިރިހެން މުވައްޒަފުން ޓައީ އަޅަން ނުޖެހުން ފަދަ ކަންކަން ހިމަނާފައިވެ އެވެ.

ޝަމީމް ހުންނަވާ މިދިޔަ އަހަރު ޕީޖީ އޮފީހުގައި ރޯދަ މަހު އަމަލުކުރީ ހަފްތާގެ 4 ދުވަހު މަސައްކަތް ކުރާ ނިޒާމެކެވެ. ކޮންމެ މުވައްޒަފަކަށް ވެސް ތިން ދުވަހުގެ ހަފްތާ ބަންދެއް ލިބުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.