"ކޮވިޑުތެރޭ ދިރާސީ އަހަރު ބަދަލުކުރީ ރައްޔިތުންނާ ދެކޮޅަށް"

"ނަތީޖާއަކަށް ވާނީ ހަ މަސް ދުވަހުގެ ކޮންޓްރިބިއުޝަން، ނޭޝަން ޑިވެލޮޕްމެންޓަށް، އެކުދިންގެ ކެރިއާއިން، އެކުދިންގެ ދިރިއުޅުމުން ގެއްލިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ދިރާސީ އަހަރު ބަދަލު ކުރީ ރައްޔިތުންނާ ދެކޮޅަށް ކަމަށް ވަނީ ވިދާޅުވެފައި

ކުރީ ސަރުކާރުން ކޮވިޑް-19ގެ ދުވަސްވަރު ދިރާސީ އާ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއިން ފަށާ ގޮތަށް ބަދަލުކުރީ ރައްޔިތުންނާއި ޓީޗަރުން އަދި ދަރިވަރުން ވެސް އެކަމާ ދެކޮޅު ހަދަނިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެއްގޮތަކަށް ވެސް އެކެޑެމިކް ކަލަންޑަރާ ކުޅެ، އެއްވެސް ފަރާތަކަށް ގެއްލުމެއް ދޭން މަސައްކަތް ނުކުރާ ކަމަށެވެ.

ކުރީ ސަރުކާރުން އެ ބަދަލު ގެނެސްފައި ވަނީ ސާވޭއެއް ވެސް ހަދައިގެން ކަމަށާއި، ނަމަވެސް ގާތްގަނޑަކަށް 70 ޕަސެންޓް މީހުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ޑޭޓާއަށް ބެލުމުން، އެއީ ގެއްލުންވާނެހެން ގެނެސްފައިވާ ބަދަލެއްކަން ފާހަގަވެގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތިރީހަކަށް ހާސް ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް މިނިސްޓްރީގަ އޮތް. އޭގެއިން 69 އިންސައްތަ، ގާތްގަނޑަކަށް 70 އިންސައްތައާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިހުގަވެސް އޮތް ގޮތަށް ޖެނުވަރީން ފެށިގެން ޑިސެމްބަރަށް ޓާމް ބާއްވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭރު ވެސް އެކަޑެމިކް ކަލަންޑަރާ ކުޅެން ރައްޔިތުންނާއި ދަރިވަރުން އަދި ޓީޗަރުންނެއް ވެސް ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މި ސަރުކާރުން އަލުން ދިރާސީ އަހަރު ޖެނުވަރީގައި ފެށުމަށް އެކެޑެމިކް ކަލަންޑަރަށް ބަދަލުތައް ގެނައި ބައެއް ސަބަބުތައް ވެސް މިނިސްޓަރު ވިދާޅުވެ ދެއްވި އެވެ. އެއް ސަބަބަކަށް ވިދާޅުވީ ފިސްކަލް އަހަރާ އެކެޑެމިކް އަހަރާ އެއް ހަމައެއްގައި އޮތުން މުހިންމުވާތީ ކަމަށެވެ.

"ދެވަނަ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ ކޮވިޑްގެ ކަންތައްތައް ރަގަޅަށް މެނޭޖް ކުރެއްވިކަން ގަބޫލުކުރާ ރައްޔިތެއް އަޅުގަނޑަކީ. އަޅުގަނޑު ހިތުގަ އުފެދޭ ސުވާލަކީ ދުނިޔޭގަ ކޮން ގައުމެއްގަ ތޯއޭ ކޮވިޑާ ގުޅިގެން އެކެޑެމިކް އިޔާއެއް ހަ މަހަށް ސޮއްސާލީ. އަޅުގަނޑަށް ފެންނާކަށެއް ނެތް އެއްވެސް ގައުމެއް،" މިނިސްޓރު ވިދާޅުވި އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ: ދިރާސީ އަހަރު ބަދަލު ކުރީ ރައްޔިތުންގެ ނުރުހުމުގައި ކަމަށް މިހާރުގެ މިނިސްޓަރު ވަނީ ވިދާޅުވެފައި --

އޭނާ ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ހައެއްކަ ނުވަތަ ހަތެއްކަ ގްރޭޑްގެ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. ކޮންމެ ގްރޭޑެއްގައި 6000 އަށްވުރެ ދަރިވަރުން ތިބޭކަން ފާހަގަކުރައްވައި ވިދާޅުވީ، އެކުދިންގެ އުމުރުން ހަ މަސް ގެއްލުމަކީ ކުރިމަގުގައި ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން މަތީ ތައުލީމު ހާސިލް ކުރުން ވެސް ލަސްވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

"ނަތީޖާއަކަށް ވާނީ ހަ މަސް ދުވަހުގެ ކޮންޓްރިބިއުޝަން، ނޭޝަން ޑިވެލޮޕްމެންޓަށް، އެކުދިންގެ ކެރިއާއިން، އެކުދިންގެ ދިރިއުޅުމުން ގެއްލިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބަދަލު މިނިސްޓްރީން ގެނައީ ކުއްލިއަކަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި، ކިވައިދޭނީ ކޭމްބްރިޖްގެ ގައިޑްލައިންތަކާ އެއްގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓްރީން މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، މިހާރު ހިނގަމުންދާ ޓާމް އަންނަ މަހުގެ 30 ގައި ނިމޭނެ އެވެ. ކުރީން ނިމެން އޮތީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. އަދި، 2024/2025 ގެ ދިރާސީ އާ އަހަރު އަންނަ މޭ މަހުގެ 26 ގައި ފަށައި، ފެބްރުއަރީ 20, 2025 އަށެވެ. އަންނަ އަހަރު ދިރާސީ އާ އާހަރު ކުރިއަށް ގެންދާނީ މާޗް 9, 2025 އިން ޑިސެމްބަރު 18, 2025 އަށެވެ. އަންނަ އަހަރު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭނެ އެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށިގެންދާނީ ޖެނުވަރީ މަހުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.