ހިޔާއަވަށުގައި ނުކޮށް ހުރި ކަންކަން ކޮށްދޭނަން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ހުރިހާ ކަމެއްވެސް ކޮށްދޭނެ އެވެ. ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކާއި ހިތްފަސޭހަ މާހައުލުތަކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް އަޅާނެ އެވެ.

ކުރީގެ ސަރުކާރުން ހުޅުމާލޭ ހިޔާއަވަށް / ދެވަނަ ފިޔަވައްސަށް އަޅާލާފައިނުވާ ކަމަށާއި ވަރަށް އަވަހަށް ހިޔާއަވަށުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ސުވާލެއް ދެންނެވުމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ހިޔާއަވަށުގައި މީހުން އުޅެން ފެށި ފަހުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިނުވާ ކަމަށެވެ.

"ހިޔާ ސަރަހައްދުގެ ކަންކަން އެއްގޮތަކަށް ވެސް ނުކޮށް ކުރިން ހުރީ،" ރައީސް ވިދާޅުވިއެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، ހުރިހާ މަސައްކަތެއް ވެސް މި ސަރުކާރުން ކޮށްދޭނެ ކަަމަށާއި ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކާއި ހިތްފަސޭހަ މާހައުލުތަކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް އެޗްޑީސީ މެދުވެރިކޮށް ފަށާނެ ކަމަށެވެ.

"އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާ ވެސް ގުޅިގެން އެކި ކަހަލަ ކުޅިވަރު ކުޅެވޭ ވަސީލަތްތައް [ހިޔާއަވަށުގައި] ގާއިމު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.