ބަންގާޅު ބަހުން ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގަނީ

މިނިސްޓްރީން ބުނީ އެ ޕޫލްގައި ބައިވެރިވާ ދީނީ އިލްމުވެރިންގެ ފަރާތުން ބެންގާލީ ބަހުން ނަގައިދޭ ކޮންމެ ސެޝަންއަކަށް 500 ރުފިޔާ ދޭނެ ކަމަށެވެ. އަދި، ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000ރ. ލިބޭނެ ކަމަށެވެ.

ހުކުރު ހުތުބާއެއް ދެނީ: ބަންގްލަދޭޝް ބަހުން ދީނީ ޕްރޮގްރާމް ހިންގަން އިލްމުވެރިންގެ ޕޫލެއް އެކުލަވާލަން ވަނީ ނިންމާފައި --

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް އެ މީހުންގެ މާދަރީ ބަސް ކަމަށްވާ ބެންގާލީ / ބަންގާޅު ބަހުން ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމު ހިންގަން އިލްމުވެރިންގެ ޕޫލެއް އުފައްދަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި ޕޫލް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މުސްލިމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އެމީހުންނަށް ދީން އުނގަންނައިދީ ދަރުސް ދިނުން ކަމަށެވެ. މި ޕްރޮގްރާމް ހިންގާނީ އެއް އަހަރު ދުވަހަށް ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ޕޫލްގައި ބައިވެރިވާ ދީނީ އިލްމުވެރިންގެ ފަރާތުން ބެންގާލީ ބަހުން ނަގައިދޭ ކޮންމެ ސެޝަންއަކަށް 500 ރުފިޔާ ދޭނެ ކަމަށެވެ. އަދި، ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށެވެ.

މި ޕޫލްގައި ބައިވެރިވެވޭނީ ސުންނީ މުސްލިމުންނަށެވެ. މިނިސްޓްރީން ބުނީ ޝައުގުވެރިކަން ފާޅުކުރާ އިލްމުވެރިން ވާން ޖެހޭނީ މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި، ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފު ވެފައި ނުވާ މީހަކަށެވެ.

ޝަރުތު ހަމަވާ މީހުން އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށް ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ.

ރާއްޖޭގައި 90،000 ބަންގްލަދޭޝް މީހުން ދިރިއުޅޭ ކަމަށް ހޯމް މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހު ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރެއިން ބޮޑު އާބާދީއަކީ މުސްލިމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.