ވީއައިއޭގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަން އާރްޑީސީއާ ހަވާލުކޮށްފި

މިއީ މިފަދަ މަސައްކަތެއް އެއާޕޯޓްގައި ކުރުމަށް ދިވެހި ކުންފުންޏަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ. މި އެމްއޯޔޫގެ ދަށުން، އެއާޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސާފޭސް ކުރުމުގެ މަސައްކަތް އާރްޑީސީން ކުރާނެ އެވެ.

އާރްޑީސީ އަދި އެމްއޭސީއެލްގެ ދެމެދު އެމްއޯޔޫގައި ސޮއިކުރަނީ: ވީއައިގޭގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަން އާރްޑީސީއާ ވަނީ ހަވާލުކޮށްފައި --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތްތައް ކުރުމަށް މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ވަނީ އާރްޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިއިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިއިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

މިއީ މިފަދަ މަސައްކަތެއް އެއާޕޯޓްގައި ކުރުމަށް ދިވެހި ކުންފުންޏަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ. މި އެމްއޯޔޫގެ ދަށުން، އެއާޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސާފޭސް ކުރުމުގެ މަސައްކަތް އާރްޑީސީން ކުރާނެ އެވެ.

އަދި، މަގުތައް ގަވާއިދުން ބެލެހެއްޓުމާއިއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި، އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން މަގުތަކުގައި ލައިން މާކިން ދެމުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރާނެ އެވެ. މީގެ އިތުރުން، މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުން ހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާއި އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި، ޕޭވްމެންޓްތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އާރްޑީސީ އަދި އެމްއޭސީއެލްގެ ދެމެދު އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތު: ވީއައިގޭގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަން އާރްޑީސީއާ ވަނީ ހަވާލުކޮށްފައި --

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އެކުންފުނީގައި އޮތް ނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ކަމަށް ވާތީ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެހެންކަމުން، އާރްޑީސީފަދަ، މިފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގު ހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެމްއޭސީއެލް އަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއާޕޯޓެއް ހިންގާ ބައެއް. މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ [އާރްޑީސީގެ] އެކްސްޕަޓީޒް، މޭންޕަވާ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ޝަރީފް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުހައިރު ވަނީ، ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ ކުރިމަގު ބިނާކުރަމުންދާނީ ސީނިއާ ލެވެލްގެ ސަރުކާރު ކުންފުނިތަކާއިއެކު މަސައްކަތްކޮށް އިތުރަށް ފުޅާކޮށްގެން ކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.