ޗައިނާ އާއި ރަޝިއާ މާކެޓު އިތުރުވެ، ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް

މިހާތަނަށް ޗައިނާއިން 66،000 އަށްވުރެ ގިނަ މީހުން އައިސްފައިވެ އެވެ. އަދި ރަޝިއާއިން ބައި ލައްކަ މީހުން އައިސްފައިވެ އެވެ.

ރާއްޖެ އައި ޓޫރިސްޓަކަށް ވީއައިއޭގައި ފިނިފެން މަލުން މަރުހަބާ ކިޔަނީ - މިރާ

ޗައިނާ އާއި ރަޝިއާ މާކެޓު އިތުރު ވެގެން ދިއުމާއެކު، ރާއްޖެއަށް މިއަހަރު މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް އަރައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 513,377 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް އައިސްފައިވާ 450,607 ޓޫރިސްޓުންގެ އަދަދާ އަޅާބަލާއިރު 13.9 ޕަސެންޓުގެ އިތުރު ވުމެކެވެ. 

ޓޫރިސްޓުންގެ އަދަދު ބައި މިލިއަން މީހުންނަށް އެރިއިރު، މިހާތަނަށް ދުވާލެއްގެ މައްޗަށް އަންނަނީ 6,667 ޓޫރިސްޓުންނެވެ. ޓޫރިސްޓުން ދުވާލެއްގެ މައްޗަށް މަޑުކުރަނީ 7.8 ދުވަހު އެވެ. 

ޓޫރިސްޓުން ގިނައިން އަންނަ ގައުމުތައް

  • ޗައިނާ - 60,699
  • ރަޝިއާ - 52,385
  • އިޓަލީ - 49,480
  • ޔޫކޭ - 46,849
  • ޖަރުމަނު - 35,761
  • އިންޑިއާ - 31,028
  • ފްރާންސް - 20,906
  • ޔޫއެސްއޭ - 16,960
  • ޕޮލެންޑް - 12,570
  • ސުވިޒަލޭންޑް - 11,787

މި އަހަރުގެ މިހާތަނަށް ޗައިނާއިން 60,699 ޓޫރިސްޓުން އައިސްފައިވެ އެވެ. ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމްގެ ހިއްސާއަކީ 11.8 ޕަސެންޓެވެ. އަދި ދެވަނައަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ރަޝިއާ އެވެ. އެ ގައުމުން 52,385 މީހުން އައިސްފައިވެ އެވެ. އެ ގައުމުގެ ޓޫރިޒަމް ހިއްސާއަކީ 10.2 ޕަސެންޓެވެ.  

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.