ފަވަރަ ޓްރާންސްފާ ދެ މިލިއަން، ޖުމްލަ ވެލިއު 6 މިލިއަނަށް

އެމްއެމްއޭއިން އިއްޔެ ވަނީ ފަވަރަ މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ އަދަދު 200،000 އަށް މަތިވެސް ކޮށްފަ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓުގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަަރަ" އިން ފައިސާ ފޮނުވި އަދަދު ދެ މިލިއަނަށް އަރައި، ޖުމްލަ އަދަދު ހަ މިލިއަން ފަހަނަ އަޅައިފި އެވެ.

"މިރާ" ނޫހަށް އެމްއެމްއޭއިން ދީފައިވާ މައުލޫމާތުތަކެއްގައިވާ ގޮތުން މިހާތަނަށް ފަވަރައިން ޓްރާންސްފާ ކުރި އަަދަދު 1.97 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޖުމްލަ އަގު 5.69 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މި މައުލޫމާތުތަކަކީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭގައި ހުރި މައުލޫމާތުތަކަށްވުމާއެކު މިހާރު މި އަދަދު އިތުރުވެފައިވާނެ ކަމަށް ބެލެވެ އެވެ. 

އެމްއެމްއޭ އިން އިއްޔެ ވަނީ ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވޭ ލިމިޓް ބޮޑުކޮށްފަ އެވެ. މިހާރު ފަވަރަ މެދުވެރިކޮށް އެއް ދެލައްކަ ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވުމުގެ އިތުރުން 10،000 ރުފިޔާއާ ހަމައަށް ފަވަރަ ރިކުއެސްޓް ވެސް ކުރެވޭނެ އެވެ.


ފަވަރަ - ފަވަރަ އަކީ ނަގުދު ފައިސާ ގެންގުޅުން މަދުކޮށް ނަގުދު ފައިސާ ނެތް ޑިޖިޓަލް ކަރަންސީގެ އިގްތިސޯދަކަށް ރާއްޖެ ހެދުމުގެ ގޮތުން އެމްއެމްއޭއިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތް ފެށީ މިދިޔަ އަހަރު އެވެ. މި ބަދަލާއެކު ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ހިދުމަތް ލިބޭނެ އެވެ.

މި ހިދުމަތް ހޯދޭނީ އެ ބޭންކްއެއްގެ އިންޓަނެޓު ބޭންކިން އެޕް މެދުވެރިކޮށެވެ. ފަވަރައިގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ އިތުރުން ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވެސް މިހާރު ލިބެ އެވެ.

މީގެ އިތުރުން ފަވަރަ އައިޑީ މެދުވެރިކޮށް ވެސް މި ހިދުމަތް ހޯދޭނެ އެވެ. ފަވަރަ އައިޑީއަކީ ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީ އެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ފޮނުވުމުގެ ހިދުމަތް ދޭން ފަރުމާކޮށްފައިވާ ވަސީލަތެކެވެ. 

މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް ވެސް ބޭނުން ކުރެވޭ ހިދުމަތެކެވެ. މި ހިދުމަތް މެދުވެރިކޮށް ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.