ޗަމްޕާ ބްރަދާސްގެ ރޯދަ ހަދިޔާ އިތުރު ކޮށްދީފި

ޗަމްޕާ ބްރަދާސްއަކީ، ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި ދީލަތި އެހީތަކެއް ވާ ކުންފުންޏެކެވެ.

ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޗަމްޕާ ހުސައިން އަފީފް

މަޝްހޫރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޗަމްޕާ ހުސައިން އަފީފްގެ ޗަމްޕާ ބްރަދާސްގެ ފަރާތުން ރޯދަ މަހާ ގުޅުވައި ދިވެހި ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާ އިތުރުކޮށްދީފި އެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން، މި އަހަރުގެ ރޯދަމަހު ދިވެހި ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާގެ ގޮތުގައި މީގެ ކުރީން ވަނީ، 50 ޓަނު ކަރާ، 50 ހާސް ކާށި، އަދި 10 ޓަނު ފިޔާ، ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލު ކޮށްފަ އެވެ. 

މި އަހަރު ދޭ ރޯދަ ހަދިޔާ އިތުރުކޮށް މި ހަފުތާ ތެރޭގައި، އިތުރު 25 ޓަނު ކަރަލާއި 25،000 ކާށި، އަދި 10 ޓަނު އަލުވި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލު ކުރާނެ އެވެ. ރޯދަ ހަދިޔާއަށް އިތުރު ކުރި ކަރަލާއި ކާށި މިހާރު ހުރީ ރާއްޖޭގަ އެވެ. އަނެއް 10 ޓަނު އަލުވި ދެ ދުވަސް ތެރޭގައި ރާއްޖެ އަންނާނެ އެވެ.

ޗަމްޕާ ބްރަދާސް އިން ރޯދަ ހަދިޔާއަށް އިތުރުކުރި ބަޔާއެކު، ޖުމްލަ 75 ޓަނު ކަރަލާއި 75،000 ކާއްޓާއި  10 ޓަނު ފިޔާ އާއި 10 ޓަނު އަލުވި މި ރޯދަ މަހު ރައްޔިތުންނަށް ވަނީ ހަދިޔާ ކޮށްފަ އެވެ.

ޗަމްޕާ ބްރަދާސްގެ ރޯދަ ހަދިޔާގެ ގޮތުގައި ގެނެސްފައިވާ ކަރާ

ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ވަނީ ކައުންސިލް އިދާރާތައް މެދުވެރިކޮށް ޗަމްޕާ ބްރަދާސްގެ ރޯދަ ހަދިޔާ ރައްޔިތުންނަށް ބެހުމުގެ އިންތިޒާމެއް ހަމަޖައްސާފަ އެވެ.

ޗަމްޕާ ބްރަދާސްއަކީ، ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި ދީލަތި އެހީތަކެއް ވާ ކުންފުންޏެކެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ، ތަޢުލީމީ އަދި ސިއްހީ ކަންކަމާއި ކުޅިވަރާ އިޖްތިމާއީ ކަންކަމުގައިވެސް ފަރުދުންނަށާ ޖަމާއަތްތަކަށް ޗަމްޕާ ބްރަދާސް އިން އަބަދުވެސް އެހީވެ އެވެ. 

ކޮމެންޓް

1
450
މުހައްމަދު އާދަމް
1 month ago

ދިވެހި ރައްޔަތުންނައް ލާބަޔާ މަންފާ އަކަންނޫން، ދިވެހި ދަނޑުވެރިންނާ ކުދި ވިޔަފާރި ކުރާ މީހުނައް މި ރޯދަމަހު ލިބޭ ފައިދާ ފެނިފަ އެކަން ހަލާކޮއްލަން ކުރާކަމެއްމީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.