ތުލުސްދޫ ޕޮލިޓެކްނިކް ކެމްޕަހުގެ ބިންގާ އަޅައިފި

ތުލުސްދޫ ޕޮލިޓެކްނިކް ކެމްޕަހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

ކ. ތުލުސްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕޮލިޓެކްނިކް ކެމްޕަހުގެ ބިންގާ އަޅައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކ. ތުލުސްދޫގައި ތަރައްގީ ކުރާ ޕޮލިޓެކްނިކްގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.

މި މަޝްރޫއު އަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މިއަދުގެ ރަސްމިއްޔާތު ގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރްޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ.

ކ.ތުލުސްދޫގައި ތަރައްގީ ކުރާ މި ޕޮލިޓެކްނިކް ހާއްސަ ކޮށްފައިވަނީ ވޯޓާ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތުލުސްދޫ ޕޮލިޓެކްނިކް ކެމްޕަހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

ޕޮލިޓެކްނިކް އިމާރާތް ކުރުމަށްޓަކައި ބޮޑު ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސައިދީފައެއެވެ. އަދި މި އިންސްޓިޓިއުޓު ގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި އިތުރު ބިމެއް ބީޗް ފްރޮންޓުން ވެސް ވަނީ ހަމަޖައްސައިދީފައެވެ.

މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކު ގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓްގެ ބައިތަކުގެ އިތުރުން އެކޮމަޑޭޝަންގެ ހިދުމަތާއި އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީ އެއް ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން ކްލާސް ރޫމްތަކާއި އައިސީޓީ ލެބޯޓަރީއަކާއި އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއް ވެސް ހުންނާނެ އެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް އޭރިއާގެ އިތުރުން މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.