ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު ސިފައިންތަކެއް އަންނަ މަހު ގެންދާނެ: ސަރުކާރު

އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމުގައި އަމަލު ކުރާ ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ބައެއް މީހުންގެ ނަޒަރު ގައި އިންޑިއާ ސިފައިން ރާއްޖެއިން ބާލަނީ ނަމަކަށެވެ.

އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލްކޮޕްޓަރެއް: އިންޑިއާ ސިފައިންގެ ދެވަނަ ގުރޫޕް އަންަ މަހު ގެންދާނެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަންނަ މަހު ވެސް ސިފައިންގެ ފައުޖެއް ގެންދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައި އިއުލާނުކުރެއްވި އިންޑިއާ ސިފައިން ބޭލުމާބެހޭ "ކޯ ގްރޫޕް" ގެ ތިންވަނަ ބައްދަލްވުން މިއަދު ވަނީ ބާއްވާފަ އެވެ. މި ބައްދަލްވުން އޮތީ މާލޭ ގައެވެ.

ބައްދަލްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން މިވަގުތު ސިފައިން ތިބީ ދެ ޕްލެޓްފޯމްގައި ކަމަށާ އޭގެ ތެރެއިން އެއް ބަޔަކު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ގެންދާނެ ކަމަށެވެ. އަދި ބާކީ ތިބި ސިފައިން މެއި 10ގައި ގެންގޮސް ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ގެންގޮސް ނިންމާނެ ކަމަށެވެ.

ބައްދަލްވުމާއި ގުޅޭގޮތުން ސްޓޭޓްމަންޓެއް އާންމުކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލްވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮފަރޭޝަން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ ޓެކްނިކަލް މީހުންގެ މައްޗަށް ހިމެނޭ ޓީމުތަކަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. މި ބައްދަލްވުން ބޭއްވިއިރު ކުރީގެ ބައްދަލްވުމުގައި އެއްބަސްވެފައިވާ ގޮތަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ވަނީ ބާލާފައެވެ. އަދި އެ ސިޓީގައި ހެލްކޮޕްޓަރު އޮޕަރޭޝަނަށް މިވަގުތު ވަނީ އިންޑިއާގެ ޓެކްނިކަލް މީހުންގެ ޓީމެއް އައިސް ހިދުމަތް ފަށާފައެވެ. ސިފައިންގެ ކޮންމެ މީހަކަށް ޓެކްނިކަލް މީހެއް އައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމުގައި އަމަލު ކުރާ ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ބައެއް މީހުންގެ ނަޒަރު ގައި އިންޑިއާ ސިފައިން ރާއްޖެއިން ބާލަނީ ނަމަކަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އިންޑިއާ ސިފައިންގެ ބޭލުވުނީ ޔުނީފޯމް އެކަންޏެވެ.

ކޯ ގުރޫޕްގެ ހަތަރުވަނަ ބައްދަލްވުން އޮންނޏީ އިންޑިއާގެ ނިއުދިއްލީގައި ކަމަށެވެ. ތާރީހެއް ނުބުނެ ބުނީ އެ ބައްދަލްވުން ދެ ގައުމުގެ ވެރީންނަށް ފަސޭހަ ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ރާޖޭގައި ދުއްވާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮފަރޭޝަން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުންދާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ބަލި މީހުން އުފުލުމާއި ގެއްލޭ މީހުން ހޯދުމާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފަދަ ކަންކަމަށް ދިވެހީންގެ އަމިއްލަ ވަސީލަތްތައް ގާއިމުކޮށް މިއިން ޒަމާނަކު އެކަމަށް ނުދޭ ސަމާލު ކަމާއި ވަސީލަތްތައް ހޯދަމުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.