ރާއްޖެ-އިންޑިއާ "ކޯ ގްރޫޕް" ތިންވަނަ ބައްދަލްވުން ބާއްވައިިފި

މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮފަރޭޝަން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކަމަށް އިންޑިއާ އިން ބުނެ އެވެ.

އިންޑިއާގެ އިސް ބައެއް ބޭފުޅުން މަޝްވަރާތަކަށް ވަޑައިގަންނަވަނީ -- ވޮއިސްގެ ފޮޓޯއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައި އިއުލާނުކުރެއްވި އިންޑިއާ ސިފައިން ބޭލުމާބެހޭ "ކޯ ގްރޫޕް" ގެ ތިންވަނަ ބައްދަލްވުން މިއަދު ބާއްވައިފި އެވެ. މި ބައްދަލްވުން އޮތީ މާލޭ ގައެވެ.

ބައްދަލްވުމާއި ގުޅޭގޮތުން ސްޓޭޓްމަންޓެއް އާންމުކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލްވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮފަރޭޝަން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކަމަށެވެ.

އެގޮތުން އެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ ޓެކްނިކަލް މީހުންގެ މައްޗަށް ހިމެނޭ ޓީމުތަކަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. މި ބައްދަލްވުން ބޭއްވިއިރު ކުރީގެ ބައްދަލްވުމުގައި އެއްބަސްވެފައިވާ ގޮތަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ވަނީ ބާލާފައެވެ. އަދި އެ ސިޓީގައި ހެލްކޮޕްޓަރު އޮޕަރޭޝަނަށް މިވަގުތު ވަނީ އިންޑިއާގެ ޓެކްނިކަލް މީހުންގެ ޓީމެއް އައިސް ހިދުމަތް ފަށާފައެވެ. ސިފައިންގެ ކޮންމެ މީހަކަށް ޓެކްނިކަލް މީހެއް އައެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް އަވަސް ކުރުމާއި އިވެންސްޓްމަންޓްތައް އިތުރުކުރުމާއި މި ނޫން ވެސް މުހިންމު އެކި ކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް އިންޑިއާ އިން ބުނެ އެވެ.

އެ ގައުމުން ބުނީ ކޯ ގުރޫޕްގެ ހަތަރުވަނަ ބައްދަލްވުން އޮންނޏީ އިންޑިއާގެ ނިއުދިއްލީގައި ކަމަށެވެ. ތާރީހެއް ނުބުނެ ބުނީ އެ ބައްދަލްވުން ދެ ގައުމުގެ ވެރީންނަށް ފަސޭހަ ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޖޭގައި ދުއްވާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮފަރޭޝަން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުންދާއިރު ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ބަލި މީހުން އުފުލުމާއި ގެއްލޭ މީހުން ހޯދުމާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފަދަ ކަންކަމަށް ދިވެހީންގެ އަމިއްލަ ވަސީލަތްތައް ގާއިމުކޮށް މިއިން ޒަމާނަކު އެކަމަށް ނުދޭ ސަމާލު ކަމާއި ވަސީލަތްތައް ހޯދަމުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.