ފަވަރަ ޓްރާންސްފާ އިތުރުކޮށްފި، މިހާރު ދެ ލައްކަ ކުރެވޭ

ފަވަރައިގެ ހިދުމަތް ލިބޭނީ ބޭންކްތަކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ. ބޭންކްތަކުގެ މި ވަސީލަތުގައި ފަވަރައަށް ހާއްސަ ބައެއް ވަނީ ކަނޑައަޅާފަ އެވެ. މި ބައިގެ ސަބަބުން ފަސޭހަ ވެގެން ގޮސްފައިވެ އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ފަވަރަ

ގައުމީ ޕޭމަންޓް ސިސްޓަމްގެ ފަވަރައިން ލިބޭނެ ފަސޭހައަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުގެ މިވަގުތު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކީ އެއް ބޭންކުން އަނެއް ބޭންކްއަށް ފައިސާ ފޮނުވުމަށް ލިބުނު ފަސޭހަ އެވެ. ބޮޑު އަދަދުން އެއް ބޭންކުން އަނެއް ބޭންކްއަށް ފައިސާ ޖަމާކުރި ނަމަވެސް ކުރިން ނަގާ ވަގުތު ނެގުމެއް ނެތި ވަގުތުން ވަގުތަށް އެ ފައިސާ ކްލިއަ ވެގެންދެ އެވެ. 

އެމްއެމްއޭ އިން މިއަދު ވަނީ މިގޮތަށް ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވޭ ލިމިޓް ބޮޑުކޮށްފަ އެވެ. މިހާރު ފަވަރަ މެދުވެރިކޮށް އެއް ދެލައްކަ ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވުމުގެ އިތުރުން 10،000 ރުފިޔާއާ ހަމައަށް ފަވަރަ ރިކުއެސްޓް ވެސް ކުރެވޭނެ އެވެ.

ފަވަރަ ރިކުއެސްޓަކީ ކޮބާ ؟ - ފަވަރަ އައިޑީއަކީ ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީ އެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ފޮނުވުމުގެ ހިދުމަތް ދޭން ފަރުމާކޮށްފައިވާ ވަސީލަތެކެވެ. މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް ވެސް ބޭނުން ކުރެވޭ ހިދުމަތެކެވެ. މި ހިދުމަތް މެދުވެރިކޮށް ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވޭނެ އެވެ.

ފަވަރައަކީ ނަގުދު ފައިސާ ގެންގުޅުން މަދުކޮށް ނަގުދު ފައިސާ ނެތް ޑިޖިޓަލް ކަރަންސީގެ އިގްތިސޯދަކަށް ރާއްޖެ ހެދުމުގެ ގޮތުން އެމްއެމްއޭއިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތް ފެށީ މިދިޔަ އަހަރު އެވެ. މި ބަދަލާއެކު ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ހިދުމަތް ލިބޭނެ އެވެ. 

މި ހިދުމަތް ހޯދޭނީ އެ ބޭންކްއެއްގެ އިންޓަނެޓު ބޭންކިން އެޕްމެދުވެރިކޮށެވެ. ފަވަރައިގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ އިތުރުން ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވެސް މިހާރު ލިބެ އެވެ.

ފަވަރަ އިން ލިބޭނެ ފަސޭހަ

  •  ޕޭމަންޓް ސިސްޓަމާއެކު ކޮންމެ މީހަކަށް "ފަވަރަ އައިޑީ" އެއް
  •  އެކައުންޓް ކިޔައި ނުދީ ޕޭމަންޓް ހޯދާލެވޭނެ
  •  ޗެކާއި ނަގުދު ފައިސާ ނޫން ގޮތެއް ހޯދޭނެ
  •  ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުން
  •  ކޮންމެ ތަނެއްގައި ހުރެގެން ވެސް ފައިސާ ޖަމާކޮށް ފޮނުވޭނެ
  •  އެމްއެމްއޭގެ ސެންޓްރަލް އިންފްރާސްޓްރަކްޗާއަށް ހުރިހާ ނިޒާމެއް ގުޅިގެންދާނެ
  •  ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކެއް ގުޅިގެންދާނެ
  •  ފައިސާ މުއާމަލާތް ކުރަން އެކައުންޓް ބޭނުންނުކޮށް އީ-މެއިލް ފޯނު ނަމްބަރު ބޭނުން ކުރެވޭނެ
  •  ފަވަރަ ރިކުއެސްޓުން އެހެން ފަރާތްތަކަށް ވަގުތުން ފައިސާ ލިބޭނެ
  •  ޕޭމަންޓް ސިސްޓަމު ގާނޫނާއި ހަދާ ގަވައިދުތަކުން ފުރުސަތު ފަހިވާނެ

ގައުމީ ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ފަސޭހަކޮށް، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތް ދޭން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ގާއިމް ކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) - "ފަވަރަ" އެވެ. 


ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" އިގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ގަވަރުނަކަށް ހުންނެވީ އަހުމަދު ނަސީރެވެ. އެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އަދި ރަސްމީކޮށް މި މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ 2020 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.