ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ނިމޭއިރު ބަލި މީހުން އުފުލޭ ގޮތް ހުންނާނެ: ރައީސް

ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ބައި ލައްކައެއްހާ މީހުން ދިރިއުޅެއެވެ. ބައެއް ޓަވަރުތަކުގައި މިހާރު ހުރީ ތިން ލިފްޓެވެ.

ހިޔާ ޓަވަރުތައް: ޓަވަރުތަކުގައި އިތުރު ލިފްޓް ހަރު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދޭ

ހުޅުމާލޭގެ ހިޔާއަވަށުގެ ހިޔާ ޓަވަރުތަކުގައި ހަރު ކުރަމުންދާ ލިފްޓްތަކުގައި ބަލި މީހުން އުފުލޭނެ އިންތިޒާމެއް އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި މިއަދު ވިދާޅުވީ ޓަވަރުތަކުގައި މިހާރު ހަރު ކުރަމުން ގެންދާ ލިފްޓްތައް ހަރު ކުރާއިރު ސްޓެރްޗާ އެރުވޭ ލިފްޓް ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

"އެހެން ވީމާ ހިޔާ ފްލެޓްތަކުގައި ހަރު ކުރެވޭ ލިފްޓްތަކުގެ މަޝްރޫއު ނިމޭއިރު އިރާދަ ކުރެއްވިއްޔާ އެކަމަށް [ބަލި މީހުން ބާލާ އެރުވުމަށް އޮތް އުނދަގުލަށް] ހައްލެއް ލިބިގެން ދާނެ،"  ރައީސް ވިދާޅުވި އެވެ.

ފޭސްދޭއް ގެ ހިޔާ ފްލެޓްގައި އިތުރު ލިފްޓް ހަރު ކުރުމަށް ބޭނުންވާ، އިތުރު ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މިހާރު ކުންފުންޏަކާއެކު އެއްބަސްވެފައެވެ.  

ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭން ގައި ހިޔާ އަވަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ހިޔާ ޓަވަރުތަކަށް ފަސޭހަ އިން އަރާ ފޭބޭނެ ގޮތް ހެދުމަށް އިތުރު ލިފްޓްތައް ހަރު ކުރުމެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ޓަވަރެއް ގައި އިތުރު ދެ ލިފްޓް ހަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. 

ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ބައި ލައްކައެއްހާ މީހުން ދިރިއުޅެއެވެ. ބައެއް ޓަވަރުތަކުގައި މިހާރު ހުރީ ތިން ލިފްޓެވެ. ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓެވެ. މީހުން ގިނަވެ އަރާ ފޭބުމުގައި ދަތިވުމުގެ ޝަކުވާ ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.