"އިހުސާސް" ދެން ދައްކާނީ ކޮންޓެންޓު ކޮމިޓީން ބަލާފައި

ސޯޝަލް މީޑިއާ ގައި މި ވާހަކަތައް ދެކެވުމުގެ ކުރީން ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް ޕީއެސްއެމްގެ އެޗްއޯޑީ ބައްދަލްވުމުގައި އެމްޑީ ޒީނާ އިސްވެ ވަނީ ޕްރަގްރާމްގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން ރަނގަަޅު ކުރުމަށް އަންގާފައެވެ.

އިހުސާސް ޕްރަގްރާމްގެ ޕްރެޒެންޓަރު ނަމްޒާ: ޕްރަގްރާމް ގައި ނަމްޒާ ދެއްކި ބައެއް ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ރޯދަ މަހަށް ހާއްސަކޮށްގެން ޓީވީ މޯލްޑިވްސް އިން ގެނެސްދޭ "އިހްސާސް" ސިލްސިލާގެ މި އަހަރުގެ ފުރަތަމަ ޕްރަގްރާމްގައި ޕްރަގްރާމްގެ ޕްރެޒެންޓަރު ދެއްކި ބައެއް ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ސެންސިޓިވް ކޮންޓެންޓް ހިމެނޭ ހުރިހާ ޕްރަގްރާމެއް ވެސް ކޮންޓެންޓު ކޮމިޓީން ވަރަށް ރަނގަޅަށް ބެލުމަށް ފަހު ނޫނީ އޮން އެއާ ނުކުރަން ނިންމައިފި އެވެ.

އެކަން ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވަނީ "މި" ނޫހަށް ޔަގީން ކޮށް ދެއްވާފައެވެ. ޒީނާ ވިދާޅުވީ ސެންސިޓިވް ކޮންޓެންޓް ހިމެނޭ ހުރިހާ ޕްރަގްރާމެއް ވެސް ކޮންޓެންޓު ކޮމިޓީން ވަރަށް ރަނގަޅަށް ބެލުމަށް ފަހު ނޫނީ ދެން އޮން އެއާ ނުކުރާނެ އެވެ. އެފަދަ މަޝްވަރާ ނިންމުމެއް މިއަދު ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ "އިހުސާސް" ސިލްސިލާގެ މި އަހަރުގެ ފުރަތަމަ ޕްރަގްރާމްގައި ޕްރަގްރާމްގެ ޕްރެޒެންޓަރު، އައިމިނަތު ނަމްޒާ ދެއްކި ބައެއް ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ނިސްބަތްކޮށް ދައްކައިގެން ނުވާނެ ފަދަ ވާހަކަތައް ދައްކާފައިވާ ކަމަށް ބުނެ އާންމުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.

ސޯޝަލް މީޑިއާ ގައި މި ވާހަކަތައް ދެކެވުމުގެ ކުރީން ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް ޕީއެސްއެމްގެ އެޗްއޯޑީ ބައްދަލްވުމުގައި އެމްޑީ ޒީނާ އިސްވެ ވަނީ ޕްރަގްރާމްގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން ރަނގަަޅު ކުރުމަށް އަންގާފައެވެ. އަދި ކޮންމެ ޕްރަގްރާމެއް ވެސް އޮންއެއާ ކުރުމުގެ ކުރީން ރަނގަޅަށް ބަލާ / އެއްވެސް ގޯހެއް ނެތް ކަން ޔަގީން ކުރުމަށް ޑިޕާޓްމަންޓްތަކުގެ ވެރީންނަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ ހަތަރު އަހަރު ކުރީން ފެށިގެން ޓީވީއެމުން ގެނެސް ދެމުންދާ "އިހުސާސް" ޕްރަގްރާމުތަކަކީ އާންމުންގެ ބޮޑު ސަމާލު ކަމެއް ހޯދާ ޕްރަގްރާމްތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.