އެއާ ކޯ އިފްތިތާހު ކުރުމުން މައުމޫންގެ ތަހުނިޔާ

މައުމޫން ވަނީ މި ތާރީހީ މުނާސަބަތު ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި ސިފައިންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ.

ރައީސް މައުމޫންއާ ރައީސް މުއިއްޒު ރައީސް އޮފީހުގައި

އެމްއެންޑީއެފް އެއާ ކޯ އިފްތިތާހު ކުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި ސިފައިންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

މައުމޫން ވަނީ މި ތާރީހީ މުނާސަބަތު ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި ސިފައިންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ.

ވައިގެ މަގުން ރާއްޖެ ބަލަހައްޓަން ހާއްސަ ފައުޖެއް އުފައްދައި، އެ ފައުޖަށް އެންމެ ޒަމާނީ ފަހުގެ ޑްރޯން ރޭ ވަނީ ހަވާލުކޮށްފައެވެ. ރާއްޖޭގެ ޑްރޯން ފައުޖު އިފުތިތާހު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ނ. މާފަރު ގައި ރޭ އޮތް މި މި ހަފުލާގައި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. އަދި ސިފައިންގޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ސިފައިން ރާއްޖެ ސަރަހައްދު ބަލަހައްޓަން ބޭނުން ކުރާނީ ރަޝިއާ އިން ޔޫކްރެއިންގައި ކުރާ ހަނގުރާމާގައި ސާވޭލަންސް އަދި ހަމަލާ ދިނުމުގައި ވެސް ބޭނުން ކުރާ ތުކުރީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެކެވެ. ތުރުކީގެ ބައިރަކުތާރު ކުންފުނީގެ މި ޑްރޯންތައް 2015 އިން ފެށިގެން ދަނީ ތުރުކީގެ އަސްކަރިއްޔާގައި ބޭނުން ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.