ފޭރުމުގެ ދެ ހާދިސާއަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

ފޭރުމުގެ ދެވަނަ ހާދިސާ ވެސް ހިނގީ މާލޭގަ އެވެ. އެއީ ކަޓަރުން ބިރު ދެއްކުމަށްފަހު ކުޑަކުއްޖެއްގެ ފޯނު ފޭރިގަތް މައްސަލައެެކެވެ.

ފުލުހުންގެ އިދާރާ: ފޭރުމުގެ ހާދިސާތައް އަނެއްކާވެސް ގިނަވާން ފަށާފައިވޭ -- މިރާ

ފޭރުމުގެ ދެ ހާދިސާއަކާ ގުޅިގެން ދެ މީހަކު ހައްޔަރަށް ނަގައިފި އެވެ. 

ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އޭގެ ތެރެއިން އެއް ހާދިސާގައި މާލޭގެ ކެފޭއެއްގެ ތެރެއަށް ވަދެ، އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކަށް ބިރުދައްކާ ފައިސާތަކެއް ފޭރެން އުޅެފައި ވެއެވެ.

ފޭރުމުގެ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެެނެކެވެ. އެމީހާއަކީ މީގެ ކުރިން ވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ 10 ދުވަހެވެ.


ފޭރުމުގެ ދެވަނަ ހާދިސާ ވެސް ހިނގީ މާލޭގަ އެވެ. އެއީ ކަޓަރުން ބިރު ދެއްކުމަށްފަހު ކުޑަކުއްޖެއްގެ ފޯނު ފޭރިގަތް މައްސަލައެެކެވެ. އެ އަމަލު ހިންގައިގެން ހައްޔަރު ކުރީ 41 އަހަރުގެ މީހެކެވެ. އެއީ ގދ. ތިނަދޫ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.