"ސަރުކާރު ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނަން"

ފައްޔާޒް ވިދޅުވީ މި ސަރުކާރަށް ހަތަރު މަހުގައި ފެނުނު ކުލަވަރުން ސަލާމަތް ނުވާ ހިސާބަށް ކަންކަން ހިނގައިދާނެ ކަން އެނގޭ ކަަމަށާއި މިސްރާބު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ގައުމު ދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށެވެ.

ފައްޔާޒް އިސްމާއީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރޭ ދެއްވައިފިއެވެ.

އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ފައްޔާޒް ވިދާޅުވީ، ހަމަމަގުގައި ރާއްޖެ ހިފަހައްޓަން ކުރަން ޖެހޭ ކަންކަން ކުރުމަކީ ސިޔާސީ ޕާޓީއަކަށް ގާނޫނީގޮތުން އޮތް ޒިންމާއެއް ކަމަށާއި ދޮގު ހަދައި އޮޅުވާލާއިގެން ބަޔަކު ވެރިކަމާއި ހަވާލުވި ނަމަވެސް، ގައުމު އަނިޔާވެރި އަދި ފުދުންތެރިކަން ނެތް ގައުމަކަށް ވާން ޖާގަ ދެވެން ނޯންނާނެ ކަމަށެވެ. އަދި އެކަން ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"މި ދަންނަވަނީ އެއްވެސް ވަރަކަށް ސަރުކާރަށް ޖެއްސުން ކުރާ ވާހަކައެއް ނޫން، ސަރުކާރު ވައްޓާލަން އުޅޭ ވާހަކައެއް ވެސް ނޫން. ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނަން. އެކަމަކު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީސް މެޖޯރިޓީ ލިބިގެން ނޫނީ ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދޅުވީ މި ސަރުކާރަށް ހަތަރު މަހުގައި ފެނުނު ކުލަވަރުން ސަލާމަތް ނުވާ ހިސާބަށް ކަންކަން ހިނގައިދާނެ ކަން އެނގޭ ކަަމަށާއި މިސްރާބު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ގައުމު ދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށެވެ. 

"ޕްރޮޖެކްޓްތައް ނުހިންގުން އެކަންޏެއް ނޫން އެނގޭތޯ، މިގޮަތަށް މިތަންތަނުގައި ވާހަކަނުދެއްކޭ ހިސާބަށް ދާނެ ކަމާއި ދޭތެރޭގައި އެއްވެސް ޝައްކެއް ނުކުރަން.".

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.