މަސް އައިންތައް އުޅޭ ސަރަހައްދު ދެނެގަނެވޭ "ރަސްއައިނު" އެޕް ތައާރަފުކޮށްފި

ސަރުކާރުން ބުނީ މި އެޕުން މޫސޫމީ އިންޒާރުތަކާ ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުންނާނެ ކަމަށެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަމަށެވެ.

މަސްވެރިންނާއި ދަތުރުވެރީންނަށް ހާއްސަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު" މިރޭ އިފްތިތާހު ކޮށްފި އެވެ.

އެ އެޕް އިފްތިތާހު ކޮށްފައި ވަނީ އެއްގަމާ ކަނޑާއި ވައިގެމަގުން ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭ ގައި ވަރުގަދަ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯ އިފުތިތާހު ކުރުމާއި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފު ކުރުމަށް މިރޭ ނ. މާފަރު ގައި ބޭއްވި ރަސްމިއްޔާތެއް ގައެވެ.

"ރަސް އައިނު" އެޕް އިފްތިތާހު ކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ސަރުކާރުން ބުނީ މި އެޕުން މޫސޫމީ އިންޒާރުތަކާ ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުންނާނެ ކަމަށެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވެސް ވަނީ މި އެޕްގެ ސަބަބުން މަސް އައިންތައް އުޅޭ ސަރަހައްދު ހޯދަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.