ރައީސް ހޯއްދެވީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކާމިޔާބެއް: ޣައްސާން

މިއީ ދުނިޔެގައި މިހާރު ކުރިއަރާފައި ހުރި ގައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓޭޑް ޓެކްނޮލޮޖީގެ ޕްލެޓްފޯމެއް ކަމަށް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ދިވެހިންގެ އަތްމައްޗަށް ގެންނަން ޑރ. މުހައްމަދު މުއިއްޒު ވެޑައިގެންނެވި ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ސިފައިގެން ހާއްސަ ފައުޖެއް އުފައްދަވާ އެންމެ ޒަމާނީ ވަސީލަތްތައް ހޯއްދަވައި ދެއްވުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

"އެއާ ކޯ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން އިފުތިތާހު ކުރި މި ފައުޖަށް ތުރުކީން އުފައްދާ އެންމެ ޒަމާނީ ޑްރީން ވަނީ ހަވާލުކޮށްފަ އެވެ. 

ސިފައިންގެ އެއާ ކޯ އިފްތިތާހުކޮށް ޒަމާނީ ޑްރޯން ހަވާލުކުުރުމަށް މިރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ޣައްސާން ވަނީ ރައީސަަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ އަސްކަރިއްޔާއަށް ގެނައި އިންގިލާބީ ބަދަލާ އެކު ރައްޔިތުންގެ ހިތްތަކުގައި ރައީސް މުއިއްޒަށް އުފެދުނީ އިތުރު ޔަގީން ކަމެއް ކަމަށެވެ.

އަދި ދިވެހި ކުޑަކުދީންގެ މެދުގައި ހުއްބުލްވަތަންގެ ދަންވަރު އަލުން ދިއްލާލެވި ކެރޭ ދިވެހި ސިފައިންގެ އަޒުމް އިތުރަށް ވަރުގަދަ ވެއްޖެ ކަމަށެވެ.

"ބޮޑުތިލަދުންމަތިން ތެދުވެވަޑައިގެން ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅުމުގެ ހައްގުި އެބައޮތް ކަމަށް ވިދާޅުވެ ހަށިފޮޅާލާ އަމިއްލަފައިމައްޗަށް ތެދުވުމަކީ ދިވެހީންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ ކެރިގެން ކުރައްވާ ބުރަ މަސައްކަތުން ހަލުވި ކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވާ ތިހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،"

ޣައްސާން ވިދާޅުވީ މި ވަސީލަތްތަކާ އެކު ގާއިމު ކުރެވުނީ ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެވޭނެ ނިޒާމެއް ކަމަށެވެ. އަދި މިއީ ދުނިޔެގައި މިހާރު ކުރިއަރާފައި ހުރި ގައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓޭޑް ޓެކްނޮލޮޖީގެ ޕްލެޓްފޯމެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.