ފަނަރަ ދުވަސް: އެއާ އެމްބިއުލާންސް ބޭނުންކޮށްގެން 25 މެޑިކަލް ދަތުރު

މޯލްޑިވިއަން އިން މި ހިދުމަތް ފެށީ ޑޯނިޔާ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ. ނަމަވެސް މިއަދުން ފެށިގެން ސީޕްލޭނެއް ވެސް ވަނީ ފްލީޓަށް އިތުރުކޮށްފައެވެ.

އެއާ އެމްބިއުލާންސްގެ ފްލީޓަށް އިތުރުކުރި ސީޕްލޭން

ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ދޭން މޯލްޑިވިއަން އިން އުފެއްދި "އެއާ އެމްބިއުލާންސް" ހިދުމަތް ފެށިތާ 15 ދުވަސް ތެރޭ 25 ވުރެ ގިނަ މެޑިކަލް ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން މިރޭ ބުނެފި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ހިދުމަތްތަކެއްގެ ގޮތުގައި ވައިގެ މަގުން ދިވެހި ރައްޔިތުން އުފުލުމުގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

މޯލްޑިވިއަން އިން މި ހިދުމަތް ފެށީ ޑޯނިޔާ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ. މި ބޯޓުގައި އެއްފަހަރާ ބަލި މީހުންގެ ދެ މީހުން އުފުލޭނެ އެވެ. ނަމަވެސް މިއަދުން ފެށިގެން ސީޕްލޭނެއް ވެސް ވަނީ ފްލީޓަށް އިތުރުކޮށްފައެވެ.

މޯލްޑިވިއަން އިން ބުނީ ހިދުމަތް ފެށިތާ 15 ދުވަސް ތެރޭ 25 ވުރެ ގިނަ މެޑިކަލް ދަތުރު ކޮށްފައިވާ ކަމަށެވެ. ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލާންސްގެ ހިދުމަތްތައް ފޯރުކޮށް ދިނުން ވެގެންދާނީ ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

މި ސީޕްލޭން ގައި ރަށްތަކަށް އޮޕަރޭޓް ކުރުމުގެ ގާބިލްކަން ލިބުމުގެ އިތުރުން ޒަމާނީ އިމަޖަންސީ މެޑިކަލް ވަސީލަތްތައް ހަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ވައިގެ މަގުން މާލެއަށް ފަރުވާއަށް މީހުންގެ 98 ޕަސެންޓު އުފުލީ މޯލްޑިވިއަން އެވެ. ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް މިހާތަނަށް ދެމުން ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންއިނެވެ. ދިވެއްސެއް ބަލިވެގެން ބޭރަށް "އެއާ ލިފްޓް" ކުރަން ޖެހުނަސް އެކަން ކުރީ ގައުމީ އެއާލައިނެވެ. މިކަމުގެ ތެރެއަށް 2012 އިން ފެށިގެން އަވަށްޓެރި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޑޯނިއާއެއް ވަނަސް މި އޮޕަރޭޝަން މިހާރު ވެސް ލީޑު ކުރާ ބަޔަކީ މޯލްޑިވިއަންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.