"ހައުސިން ކޮމެޓީ" ގައި ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް އިތުރު ކޮމެޓީއެއް

މި ކޮމެޓީ އެކުލަވާލީ ހައުސިން ކޮމިޓީ"ގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް ކަމަށް އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ކޮމެޓީ ގައި ހިމެނޭ ފަސް މެންބަރުން

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި "ހައުސިން ކޮމިޓީ"ގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް އިތުރު ކޮމެޓީއެއް އުފައްދައިފި އެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނީ "ހައުސިން ކޮމިޓީ"ގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް ބޭނުންވާތީ މިިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސްގެ މަޝްވަރާގެ މަތީން މާލެ ސިޓީގެ ފަސް ކައުންސިލަތުން ހިމެނޭ ކޮމެޓީއެއް މިނިސްޓަރު ޑރ. އަލީ ހައިދަރު އެކުލަވާލާފައިވާ ކަމަށެވެ.

މި ކޮމެޓީގައި ހިމެނެނީ؛

  •  މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް
  •  އާއިޝަތު ނިޒްލީ ރަޝީދު
  •  އަހްމަދު އައިފާން
  •  ހަސަން ނިޒާމް
  •  މުހައްމަދު އަރީޝް

މި ކޮމެޓީގެ ފުރަތަމަ ބައްދަލްވުން މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ. އެ ވުޒާރާ އިން ބުނީ ކޮމެޓީގެ ސެކްޓްރިއޭޓް ބަލަަހައްޓާނީ އެ ވުޒާރާ އިން ކަމަށެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން "ހައުސިން ކޮމިޓީ" އުފެއްދީ ފަސް މެންބަރުން ހިމެނޭ ގޮތުންނެވެ. ކޮމެޓީގައި ހިމެނެނީ؛ 

  •  އަނީސާ އަހްމަދު
  •  އާމިނަތު އީނާސް
  •  އަހްމަދު އަލީ މަނިކު
  •  އަބްދުލްއަޒީޒް ޔޫސުފް
  •  މަރިޔަމް ފިޒާނާ ރަޝީދު
"ހައުސިން ކޮމިޓީ" ގެ މެންބަރުން

އެ ކޮމެޓީގެ ފުރަތަމަ ބައްދަލްވުން އިއްޔެ ވަނީ ބާއްވާފައެވެ. ކޮމެޓީގެ ޗެއާ އަކީ އަނީސާ އަހްމަދެވެ. ވައިސް ޗެއާ އަކީ އަޒީ އެވެ.

ސަރުކާރުން މިފަދަ ކޮމެޓީއެއް އުފެއްދީ ކުރީ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގައި، ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމުންނެވެ.

ދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލި އެވެ. އޭގެ ތެރެއިން 12،000 މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައެޅުމަށްފަހު، އޭގެ ތެރެއިން ފުރަތަމަ ފްލެޓް ދޭން ނިންމީ 4000 މީހުންނަށެވެ. ސަރުކާރު ނިމުންއިރު އެމީހުންނަށް އޮތީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފަ އެވެ. އެ މަރުހަލާ ހިނގީ ވެރިކަމުގެ އެންމެ ފަހު ދެ ދުވަހު އެވެ.

ނަމަވެސް، ފްލެޓް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ބަޔަކު އޭސީސީއަށް މައްސަލަ ހުށަހެޅުމުން، ފްލެޓް ދިނުން ހުއްޓުވައި، ޕޯޓަލްގެ އެކްސެސް ވެސް މިހާރު އޮތީ އޭސީސީގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ބުނެފައި ވަނީ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 59.6 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.