ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ބިދޭސީން ޑީޕޯޓް ކުރަން ނިންމައިފި

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވި ގޮތުގައި އެ މީހުން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭޓީއެމް އިން ޑޮލަރު ނަގަނީ

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނިކޮށް އަތުލައިގެން ބިދޭސީން ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅޭ ބިދޭސީންގެ މައްސަލަ އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެ ގޮތުން މ. ސްޓާކާލައުންޑްސް އިމާރާތުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާތީ އެ މީހުން ދެނެގަތުމަށްް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ގުޅިގެން ހިންގި އޮޕަރޭޝަން ގައި ހަތް މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އެންމެންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރު ގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބައެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ މީހުންގެ ތެރޭގައި ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އަންނަ މީހުންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވި ގޮތުގައި އެ މީހުން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.