މޯލްޑިވިއަން އިން ހާއްސަ ފެއާއެއް، ޓިކެޓްގެ އަގު ހެޔޮ

މޯލްޑިވިއަން އިން މިއަދު ބުނި ގޮތުގައި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި ފެއާގެ ދަށުން އަގުހެޔޮ ކޮށް ޓިކެޓް ލިބޭނެ އެވެ.

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ފްލައިޓެއް

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ހާއްސަ ފެއާއެއް ތައާރަފުކޮށް ޓިކެޓްތަކުގެ އަގު ހެޔޮ ކޮށްފި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނި ގޮތުގައި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި ފެއާގެ ދަށުން އަގުހެޔޮ ކޮށް ޓިކެޓް ލިބޭނެ އެވެ. އަދި މޯލްޑިވިއަން ދަތުރު ކުރާ ހުރިހާ މަންޒިލްތަކަށް ހެޔޮ އަގުގައި ދަތުރު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އެ ގޮތުން މޯލްޑިވިއަން އިން ދަތުރުކުރާ 16 މަންޒިލަށް ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އެވެ. މި ބަދަލާ އެކު އެއްކޮޅު ޓިކެޓެއްގެ އަގު ހުރީ؛

  •  ސ. ގަން - 1222 ރުފިޔާ
  •  ފުވައްމުލަކު ސިޓީ - 1155 ރުފިޔާ
  •  މާވަރުލު - 1133 ރުފިޔާ
  •  ފަރެސްމާތޮޑާ - 1133 ރުފިޔާ
  •  ހޯރަފުށި - 1133 ރުފިޔާ
  •  ކާޑެއްދޫ - 1133 ރުފިޔާ
  •  ކޫއްޑޫ - 1111 ރުފިޔާ
  •  ކުޅުދުއްފުށި ސިޓީ - 1111 ރުފިޔާ
  •  ހަނިމާދޫ - 1111 ރުފިޔާ
  •  ތިމަރަފުށި - 1111 ރުފިޔާ
  •  މާފަރު - 999 ރުފިޔާ
  •  އިފުރު - 999 ރުފިޔާ

ބ. ދަރަވަންދޫ އާއި ޅ. މަޑިވަރަށް މިހާރު ވެސް ހެޔޮ އަގުގައި ޓިކެޓް ލިބޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.