ޖުޑިޝަރީ އޮތީ ކަނު އަނދިރީ ގައި ބިރުން ސިހިފައި: ޖަމީލް

ކުރީން އިސް ފަނޑިޔާރު ކަން ވެސް ކުރެއްވި ޖަމީލް ޖުޑީޝަރީގެ މިއަދުގެ ހާލަތު ސިފަ ކުރެއްވީ ކަނު އަނދިރީ ގައި ބިރުން ސިހިފައި އޮތް ބާރެއްގެ ގޮތުގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު -- މުހައްމަދު އަބްސަމް / މި ނޫސް

ޖުޑިޝަރީ އޮތީ ކަނު އަނދިރީ ގައި ބިރުން ސިހިފައި ކަމަށް ކުރީގެ ނާއިބު ރައީސް / މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ހުޅުމާލޭ ގައި އޮތް ކެމްޕެއިން ބައްދަލްވުމެއް ގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމާއި ގުޅިގެން އެ މައްސަލަ ބަލާ ޔާމީނަށް ދީފައިވާ ލުއިތައް މުރާޖައާ ކުރަން ފަށާފައިވާ ކަމަށް ކަރެކްޝަނުން ބުނުމާއި ގުޅިގެންނެވެ.

ޔާމީންގެ އިސް ވަކީލަކަށް ވެސް ހުންނެވި ކުރީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވި ގޮތުގައި ކަރެކްޝަނުން ދައްކާފައި ވަނީ ބޭކާރު ވާހަކަތަކެކެވެ. ރައީސް ޔާމީން ވަނީ އިސްތިއުނާފުގެ ހައްގުން މަހްރޫމް ކޮށްފައި ކަމަށާ އެއީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާ އިން ކޮންމެ ރައްޔިތަކަށް ލިބޭ އެންމެ އަސާސީ ހައްގެއް ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޔާމީންގެ އެ ހައްގު ހިފަހައްޓާފައި ވަނީ އެމަނިކުފާނުގެ ނަމުގައި ވެރިކަމަށް އައިސް އޮތް މިއަދުގެ ސަރުކާރުންނެވެ. ކުރީން އިސް ފަނޑިޔާރު ކަން ވެސް ކުރެއްވި ޖަމީލް ޖުޑީޝަރީގެ މިއަދުގެ ހާލަތު ސިފަ ކުރެއްވީ ކަނު އަނދިރީ ގައި ބިރުން ސިހިފައި އޮތް ބާރެއްގެ ގޮތުގައެވެ.

"އިސްތިއުނާފު އަވަސް ކުރަން ތަކުރާރުކޮށް މި ދަނީ އެދެމުން،" އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ޖަމީލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.