އަދުރޭގެ ހޫނު ރައްދެއް: ކަތިވަޅި ގެއްލި މަރިޔަބު ކޮށި ދަނޑު ގެއްލުމުން ދެން ގޮވޭނީ މޮޔަ

"‏ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުނީމާ މޮޔަ ގޮވުމަކީ މީގެ ކުރިންވެސް ހިނގާ ކަމެއް ކަމަށް ވަނީ. މޮޔައިންނާ އަޅާ މޮޔަ ވާނީ އަދި އެ އަށް ވުރެ ބޮޑެތި މޮޔައިން ކަމަށް ކާބަފައިން ބުނާތީ އަޑު އިވުނީ،"

ސްޕެޝަލް އެޑްވައިޒަރު ޓްދަ ޕްރެޒިޑެންޓް، އަބްދުއްރަހީމް އަބްދުﷲ ސިޔާސީ ފާޑުކިޔުންތަކަށް ރައްދު ދެއްވި

ކަތިވަޅި ގެއްލި މަރިޔަބު ކޮށި ދަނޑު ގެއްލުމުން ދެން ގޮވޭނީ މޮޔަ ކަމަށް ވިދާޅުވެ ޕީއެންސީގެ ޗެއާޕާސަން / ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ، ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އެކްސް ގައި އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ކަތިވަޅި ގެއްލި މަރިޔަބު ކޮށި ދަނޑު ގެއްލުމުން ދެން މޮޔަ ގޮވުމަކީ މީގެ ކުރީން ވެސް ހިނގާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މޮޔައިންނާ އަޅާ މޮޔަވާނީ އަދި އެއަށް ވުރެ ބޮޑެތި މޮޔައިން ކަމަށް ކާބަފައިން ބުނާތީ އަޑު އަހާ ކަމަށެވެ.

"‏ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުނީމާ މޮޔަ ގޮވުމަކީ މީގެ ކުރިންވެސް ހިނގާ ކަމެއް ކަމަށް ވަނީ. މޮޔައިންނާ އަޅާ މޮޔަ ވާނީ އަދި އެ އަށް ވުރެ ބޮޑެތި މޮޔައިން ކަމަށް ކާބަފައިން ބުނާތީ އަޑު އިވުނީ،" އަބްދުއްރަހީމްގެ ޕޯސްޓް ގައި ވިދާޅުވެފައި ވެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެ ރައްދެއް ދެއްވީ ސީދާ ކޮން ބޭފުޅަކަށް ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް މި ފަހުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅަކީ އަބްދުއްރަހީމެވެ.

ސަރުކާރުގެ ސީނިއާ މިނިސްޓަރެއްގެ ފެންވަރު ގައި ރައީސް މުއިއްޒުގެ އެޑްވައިޒަރަކަށް ހުންނެވި އަބްދުއްރަހީމަކީ މީގެ ކުރީން ގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާ އެކު ދެ ބޭފުޅުންގެ ގުޅުން ގޯސްވީ އެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުގެ ވެރީންނާއި އިދިކޮޅު ސަޕޯޓަރުން ވެސް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ އަބްދުއްރަހީމެވެ. އެހެން ކަމުން މިއީ ވާދަވެރީން ހުރިހާ ފަރާތްތަކަށް އަމާޒު ކުރެއްވި ބަހުގެ ހަމަލާއެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.