މި އަހަރުގެ އިހްޔާ ފޯރަމް؛ މަޝްހޫރު އިލްމުވެރީންނާއެކު މުހިންމު މައުލޫތަކަށް

ފުރަތަމަ ފޯރަމް އޮންނާނީ މިރެ އެވެ. މިރޭގެ ފޯރަމް ގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި އަހަރުގެ އިހްޔާ ފޯރަމްގައި ތަގުރީރު ކުރައްވާ އިލްމުވެރީން

ރަމަަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ގޮތުން މި އަހަރު ވެސް "އިހްޔާ ފޯރަމް" ތައް ކުރިއަށް ގެންދާނެ އެވެ. މި އަހަރު މާލޭ ގައި އިހްޔާ ފޯރަމްގެ 8 ފޯރަމް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އެ ފޯރަމްތަކުގައި ތަގުރީރު ކުރައްވާނީ ރާއްޖޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރީންނެވެ. އެ ބޭފުޅުން ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މުހިންމު މައުލޫތަކަށެވެ.

ފުރަތަމަ ފޯރަމް އޮންނާނީ މިރެ އެވެ. މިރޭގެ ފޯރަމް ގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

  •  ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ކީރިތި ގުރުއާނާއި ހަޔާތާއި ހުރި ގުޅުން
  •  އައްޝައިހް އަހްމަދު ސަމީރު - ބަދުރު ހަނގުރާމައިން ލިބިދޭ އިބްރަތްތަކާއި ފިލާވަޅުތައް
  •  ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން - މަރުވުމަށް ފަހު
  •  ޑޜ. މޫސާ އަންވަރު ހަސަން - ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވުން
  •  ޑރ. ސައުދުﷲ އަލީ - ފަހި ވިސްނުން
  •  އައްޝައިހް މުހައްމަދު ލަތީފް އަލީ - ނަބަވީ އިރުޝާދުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުން
  •  ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް - ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި ހަރުދަނާ ޖީލެއް ބިނާކުރުން
  •  ޑރ. އަނާރާ ނައީމް - ނަފްސާނީ ދުޅަހެޔޮ ކަމާއި އިސްލާމްދީން

ފޯރަމްތައް އޮންނާނީ އިސްލާމީ މަރުކަޒު ގައެވެ. ފޯރަމް ފެށޭނީ ރޭގަނޑު 9:45 ގައެވެ.

މީގެ އިތުރުން އަތޮޅުތެރޭ ގައި ވެސް ފޯރަމް ތައް ކުރިއަށް ގެންދާނެ އެވެ. ފުރަތަމަ ފޯރަމް ލ ފޮނަދޫ ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ދަރިވަރުންގެ އިހްޔާ ފޯރަމް ވެސް މި އަހަރު އޮންނާނެ އެވެ. ފުރަތަމަ ފޯރަމް ރޭ ވަނީ ބާއްވާފައެވެ. އެ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނެވެ.

ކޮމެންޓް

1
450
މުޙައްމަދު ޙަމީދު
1 month ago

ޤާބިލް ޓީމެއް. ހެޔޮ ރަޙުމަތް ލައްވާށި. އާމީން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.