އެއާ އެމްބިއުލާންސް ފްލީޓަށް ސީޕްލޭނެއް، ހިދުމަތް ފަށަނީ

މޯލްޑިވިއަންއިން މިހާރު ދަނީ ޑޯނިޔާ ބޯޓެއްގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ދެމުންނެވެ.

ވައިގެ މަގުން ބަލި މީހުން އުފުލަން މޯލްޑިވިއަންއިން ހާއްސަ ކުރި ސީޕްލޭން އެމްބިއުލާންސް -- އޭވިއޭޓާ

ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ދޭން މޯލްޑިވިއަން އިން އުފެއްދި "އެއާ އެމްބިއުލާންސް" ފްލީޓަށް ސީޕްލޭން އިތުރުކުރަން ތައްޔާރު ވެއްޖެ އެވެ. 

ވައިގެ ދަތުރުފަތުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާ އިން ވަނީ އެއާ އެމްބިއުލާންސް ފްލީޓަށް އަލަށް އިތުރު ކުރަން ނިންމާފައިވާ ބޯޓުގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރީން ރައީސް މުއިއްޒު ވެސް ވަނީ ސީޕްލޭންގެ ފޮޓޯއެއް އާންމު ކުރައްވާފައެވެ.

ސަރުކާރުން ވަނީ ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓް ނެތް ރަށްށުން ވެސް ބަލި މީހުން މާލެ ގެނައުމުގެ ހިދުމަތް ފަށަން ސީޕްލޭންގެ ހިދުމަތް މާދަމާ ފަށާނެ ކަމަށް ކުރިން ބުނެފަ އެވެ. 

ރައީސް މުއިއްޒު ޕޯސްޓް ކުރެވި އެއާ އެމްބިއުލާންސް ސީޕްލޭން: މިއަދު ހިދުމަތް ފަށާނެ

މި ބޯޓު މޯލްޑިވިއަން އިން ބަލި މީހުން އުފުލަން ހާއްސަކޮށް އެތެރޭގައި ބަލި މީހުންނަށް ފަރުވާ ދިނުމުގެ ހިދުމަތް ވަނީ ގާއިމްކޮށްފަ އެވެ. އިމަޖެންސީގައި ބޭނުން ކުރާ ގިނަ ވަސީލަތް ތަކެއް މި ސީޕްލޭންގައި ވެސް ގާއިމްކޮށްފައިވެ އެވެ. 

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ހިދުމަތްތަކެއްގެ ގޮތުގައި ވައިގެ މަގުން ދިވެހި ރައްޔިތުން އުފުލުމުގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. 

މޯލްޑިވިއަން އިން މި ހިދުމަތް ދެނީ ޑޯނިޔާ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ. މި ބޯޓުގައި އެއްފަހަރާ ބަލި މީހުންގެ ދެ މީހުން އުފުލޭނެ އެވެ.  

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ވައިގެ މަގުން މާލެއަށް ފަރުވާއަށް މީހުންގެ 98 ޕަސެންޓު އުފުލީ މޯލްޑިވިއަން އެވެ. ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް މިހާތަނަށް ދެމުން ގެންދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންއިނެވެ. ދިވެއްސެއް ބަލިވެގެން ބޭރަށް "އެއާ ލިފްޓް" ކުރަން ޖެހުނަސް އެކަން ކުރީ ގައުމީ އެއާލައިނެވެ. މިކަމުގެ ތެރެއަށް 2012 އިން ފެށިގެން އަވަށްޓެރި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރަކާއި ޑޯނިއާއެއް ވަނަސް މި އޮޕަރޭޝަން މިހާރު ވެސް ލީޑު ކުރާ ބަޔަކީ މޯލްޑިވިއަންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.