ކަނޑާއި ވައިގެ މަގުން މުދާ ގެންގޮސްދިނުމުގެ ހިދުމަތް މާދަމާ ފަށަނީ

މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެން ދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

މާލެ ވިޔަފާރި ބަނދަރު: ކަނޑާއި ވައިގެ މަގުން މުދާ ފޯރުކޮށްދޭ ހިދުމަތް މާދަމާ ތައާރަފް ކުރަން ވަނީ ނިންމާފައި -- އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ސީ ޓު އެއާ ކާގޯ ޓްރާންޝިޕްމެންޓް" ނުވަތަ ވައިގެ މަގާއި ކަނޑުގެ މަގު ބޭނުންކޮށްގެން އެއްތަނުން އަނެއް ތަނަށް މުދާ ގެންގޮސްދިނުމުގެ ހިދުމަތް މާދަމާ ތައާރަފް ކުރަން ނިންމައިފި އެވެ.

އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ހިދުމަތަކީ ވައިގެ މަގާއި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފު ކުރާ ފަސޭހަ އަދި އަވަސް ހިދުމަތެއް ކަމަށެވެ.

މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެން ދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ވަނީ މި ހިދުމަތާއެކު "ސީ ޓު އެއާ އިންޓަނޭޝަނަލް ޗާޖް" ގެ ނަމުގައި ޓެރިފްއެއް ނަގަން ވެސް ނިންމާފަ އެވެ. އެގޮތުން، 20 ފޫޓުގެ ކޮންޓެއިނަރަކަށް 654.13 ޑޮލަރު ނަގާނެ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 812.71 ޑޮލަރު ނެގުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.