ޓޫރިޒަމް ބިމު ކުލި ދެއްކި އަދަދު ބޮޑުތަނުން އިތުރު ވެއްޖެ

މިހާތަނަށް މި އަހަރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 118 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. އަދި ޑޮލަރުގެ އާމްދަނީ އެންމެ މަތިން ލިބުނު އެއް ދާއިރާއަކީވެސް މި އެވެ.

ރާއްޖޭގެ ރިސޯޓެއް : ބިމު ކުލި ބަލައިގަތް އަދަދު ވަނީ އިތުރުވެފަ

ދައުލަތަށް އެންމެ ބޮޑު އާމްދަނީ ލިބޭ ޓޫރިޒަމް ބިމުކުލި ދެއްކި އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ބަލައިގެންފައިވަނީ 101 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 118 މިލއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މި ފީއަކީ ދައުލަތުގެ އާމްދަނީގެ 2.0 ޕަސެންޓް ހިއްސާ ކުރާ ފީ އެވެ. އަދި މިއީ ދައުލަތަށް އެންމެ ގިނައިން ބޭރު ފައިސާ ލިބޭ ފީތަކުގެ ތެރޭގައިވެސް ހިމެނޭ އެއް ފީ އެވެ. 

ޓޫރިޒަމް ބިމުކުލި ދެއްކި އަދަދު މަތިވެފައިވާއިރު މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިމު ކުލީގެ ބޮޑު އަދަދެއް ރިސޯޓުތަކަށް މައާފު ވެސް ކޮށްދީފައިވެ އެވެ. ބިމު ކުލީގެ ޖޫރިމަނާގެ ގޮތުގައި މިހާތަނަށް އަރާފައިވާ 260 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ) ސަރުކާރުން މާފް ކޮށްދީފި އެވެ. އެނގިފައިވާ ގޮތުގައި އޭރު ޖޫރިމަނާ މައާފު ކޮށްފައި ވަނީ ހިންގަމުންދާ 13 ރިސޯޓުގެ އިތުރުން ހަދަމުންދާ 10 ރިސޯޓަކުންނެވެ. މީގެ އިތުރުން ރިސޯޓު ހެދުމުގެ އެއްބަސްވުންތައް ބާތިލު ކުރެވިފައިވާ 13 ރަށެއް ވެސް މި ލިސްޓްގައި ހިމެނެ އެވެ.

މި ނިންމެވުމާ ބެހޭ ގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "މި" ނޫހަށް ވިދާޅުވެފައިވާ ގޮތުގައި  މިގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ އިންވެސްޓާ ކޮންފިޑެންސް އުފެދުމެވެ. މިކަމުގެ ސަބަބުން ނުހެދި ހުރި ރިސޯޓްތައް ހަދަން ފެށި އޭގެ ފައިދާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ޑެޓް ރީސްޓްރަކްޗާ ކުރުމަކީ ހަމައެކަނި ގައުމަށް ކުރަން ޖެހޭ ކަމެއް ނޫން. މިކަމުގެ ސަބަބުން ކުދި އެމަންޓްތައް ދައްކަން ހުރި ރިސޯޓުތަކަށް ޑިސްއެޑްވާންޓޭޖެއް އޮތްނަމަވެސް ޖުމްލަކޮށް ފައިދާ ކުރާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މި އަދަދު މައާފު ކުރި ނަމަވެސް އަދިވެސް ދައްކަން ޖެހޭ ފައިސާ ހުންނާނެ އެވެ.

ރާއްޖޭގައި 175 ރިސޯޓް އޮންނައިރު، ނުހެދި 63 ރިސޯޓެއް އެބައޮތެވެ. މި ރިސޯޓުތައް ނުހެދުމުގެ ސަބަބުން ޓޫރިޒަމް ކުއްޔާއި ޓެކުހުގެ ބޮޑު އަދަދެއް ކޮންމެ އަހަރަކު ވެސް ދައުލަތަށް ދަނީ ގެއްލެމުންނެވެ. އަދި ދައުލަތަށް ޓޫރިޒަމުން ދޭން ޖެހޭ ޓެކްސް ނުދޭ ބޮޑެތި ގިނަ ކުންފުނިތަކެއްވެސް ރާއްޖޭގައި އޮވެ އެވެ. މީގެތެރޭގައި ރާއްޖޭގައި ހިންގާ ބޮޑެތި ރިސޯޓުތަކެއްވެސް ހިމެނެ އެވެ. މި ފަރާތްތަކުން ލިސްޓެއް މީރާއިން ނެރެގައިވެސް ވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.