ކޮންސްޓްރަކްޝަން މިނިސްޓްރީ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި

އެ މަސައްކަތް ހިންގުމުގެ އިދާރާ އަކީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ކަމަށް ވުމުން 200،000 ރުފިޔާ އިން އެ މިނިސްޓްރީން ޖޫރިމަނާ ކޮށް 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ވަނީ އަންގާފައެވެ.

އަމީނީ މަގުގެ މަސައްކަތް ހިނގާ ގޮތް މިނިސްޓަރު މުއްތޮލިބު ބައްލަވަނީ -- ފައިލް ފޮޓޯ

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކޮންސްޓަރްކްޝަން މިނިސްޓްރީ ޖޫރިމަނާ ކުރީ ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަކާއިނުލައި ޅ. ހިންނަވަރު ގައި މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅިގެން ކަމަށެވެ.

އީޕީއޭ އިން ނެރެފައިވާ ބަޔާނެއް ގައި ބުނެފައި ވަނީ ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމު ކުރުމުގެ ގޮތުން އެ އެޖެންސީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓްގައިވާ ކޮންސެޕްޓްގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކުރުމާއި ގުޅިގެން އެ އެޖެންސީން މައްސަލަ ބަލާ ފައިވާ ކަމަށެވެ.

އަދި މައްސަލަ ބެލުމުން މަގު ހެދުމުގެ އެ މަޝްރޫއުގެ މަަސައްކަތް ކޮށްފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ. އެ މަސައްކަތް ހިންގުމުގެ އިދާރާ އަކީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ކަމަށް ވުމުން 200،000 ރުފިޔާ އިން އެ މިނިސްޓްރީން ޖޫރިމަނާ ކޮށް 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ވެސް ވަނީ އަންގާފައެވެ. ޖޫރިމަނާ ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް އީޕީއޭ އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.