ޑިމޮކްރެޓުން ބޭނުން ވަނީ ވޯޓަކުން ގޮނޑި ގެއްލޭ ގޮތް ހަދަން

ހަސަން ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރާ އެއް ސަބަބަކީ މަޖިލީހުގެ މެމްބަރުންނަކީ "ގަނެ ވިއްކުމުގެ މާކެޓެއް" ގެ ގޮތުގައި ސަރުކާރުން ދެކޭތީ ކަމަށެވެ. މެމްބަރުން ކޮރަޕްޓް ވަނީ ސަރުކާރުގެ ނުފޫޒު ވަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ބައެއް މަޖިލީސް މެމްބަރުން: އެންޓި-ޑިފެކްޝަން ބިލުގައި ރިކޯލް ވޯޓް ހިމަނަން ވަނީ ވަކާލާތުކުރައްވާފައި --

މެމްބަރުން އިންތިހާބުވާ ސިޔާސީ ޕާޓީން ވަކިވުމުން، މެމްބަރުންކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް އެންޓި-ޑިފެކްޝަން ބިލުގައި އޮތް އޮތުން ބަލައި ނުގަންނަ ކަމަށާއި، މެމްބަރުން ވަކިކުރާން ޖެހޭނީ ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ކަމަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގއ ފަރާތުން ބާރަށުު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހަޅާފައިވާ ބިލުގައި ވަނީ، ދައުރުގެ ތެރޭގައި މެމްބަރުން އިންތިހާބު ކުރާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ އަމިއްލައަށް މެމްބަރު ކަމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވެފައި ވަނީ މި ބިލުގައި ރިކޯލް ވޯޓުގެ ވާހަކަ ހިމަނަން ޖެހޭނެ ކަމަށެވެ. މެމްބަރުން ޕާޓީން ބަދަލުވާން ކޮންމެ ހާލަތެއް ވެސް ދިމާވެދާނެ ކަމަށާއި، އެ މެމްބަރަކާ މެދު ގޮތް ނިންމަން ދޫކޮށްލަން ވާނީ އެ މެމްބަރަކު ނިސްބަތްވާ ދާއިރާއަކަށް ކަމަށެވެ.

"އޭނާ އިންތިހާބުކުރި ރައްޔިތުން އޭނާއަށް ވޯޓުދިން އަސާސްތަކާ ވިސްނުމާ ފިކުރާ މެމްބަރު ހިލާފުވެއްޖެތޯ، އިންތިހާބުކުރި ރައްޔިތުން ކައިރީ އަހައިގެން އެކަން ނިންމަން ޖެހޭނީ، މެންބަރެއްގެ ގޮނޑި ގެއްލުވައިލަން ޖެހޭނީ، އެންމެ މުހިއްމީ އެމްޕީ ރިކޯލް،" ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ލީޑަރު ހިތްހަމަނުޖެހުމުން އެމީހަކު ޕާޓީން ވަކިކުރުމާއެކު ދެން އޭނާގެ ގޮނޑި މަޖިލީހުން ވެސް ގެއްލުވާލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ބިލުގައި ރިކޯލް ވޯޓް ނެގުމާއި ގުޅޭ އެންމެހާ އުސޫލުތައް ކޮމެޓީ މަރުހަލާގައި ހިމަނައި ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ރައްޔިތުންގެ މަޖިލީހަށް މި އިންތިހާބު ކުރަނީ އަޅުގަނޑުމެންގެ ދާއިރާތަކުގެ ރައްޔިތުން. ދާއިރާތަކުގެ ރައްޔިތުންނާ ހަމައަށް އެބަ ދެވެންޖެހޭ، ސިޔާސީ ޕާޓީއެއްގައި އެ މެމްބަރަކު ހުރެ، ސިޔާސީ ޕާޓީން ބޭނުންވާ ގޮތަށް ކަންކަން ނުކުރި ކަމުގައި ވިޔަސް، އޭނާ އެ ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް، އޭނާ އެ ހޮވި ރައްޔިތުން ކައިރީގަ އެބަ އަހަން ޖެހޭ އޭނާ އިތުރަށް އެ މަގާމު ފުރަން މަޖިލީހުގައި އިންނާނެތޯ ނުވަތަ ނޫންތޯ،" ރިކޯލް ވޯޓްގެ މުހިންމުކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރާ އެއް ސަބަބަކީ މަޖިލީހުގެ މެމްބަރުންނަކީ "ގަނެ ވިއްކުމުގެ މާކެޓެއް" ގެ ގޮތުގައި ސަރުކާރުން ދެކޭތީ ކަމަށެވެ. މެމްބަރުން ކޮރަޕްޓް ވަނީ ސަރުކާރުގެ ނުފޫޒު ވަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ. މިކަން އިންތިހާޔަށް ބޮޑުވުން ރައްޔިތުން މަޖިލީހަށް ކުރާ އިތުބާރު ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީ ބަދަލުވުމާއެކު ގޮނޑި ގެއްލުމާ ދެކޮޅަށް ޑިމޮކްރެޓްސް އިން ވަކާލާތުކޮށްފައިވާއިރު، އެ ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުން ވެސް މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އޭރު ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަ ޖެހިވަޑައިގެން އެމްޑީޕީއަށް ނިސްބަތް 13 މެމްބަރަކު ވަނީ އަލަށް އުފެއްދި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.

ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީއަށް ނިސްބަތްވާ އިތުރު 13 މެމްބަރަކު ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.