ބައެއް ދާއިރާތަކުގައި ސަރުކާރުގެ ފަސް ކެނޑިޑޭޓުން އެބަ އުޅޭ: އެމްޑީޕީ

"އަޅުގަނޑުމެންނަށް ކިހިނެތް ޔަގީން ކުރެވޭނީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން، ރައީސުލްޖުމްހުރިއްޔާއަށް ވެސް ސަރުކާރު ކެންޑިޑޭޓު ވަކިވާހެނެއް އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ،" އީސަ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: އެކި ދާއިރާތަކުން ސަރުކާރުގެ ގިނަ ކެނޑިޑޭޓުން މަޖިލީސް އިންތިހާބުގައި ވާދަކުރާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައި --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި، ސަރުކާރު ކެނޑިޑޭޓުންގެ ނަމުގައި ބައެއް ދާއިރާތަކުން ފަސް ކެނޑިޑޭޓުން ވާދަކުރާ ކަމަށާއި، ސަރުކާރު ކެނޑިޑޭޓަކީ ކޮބައިކަން ހުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޓީމުގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕޭނު ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، ސަރުކާރު ކެނޑިޑޭޓްގެ ނަމުގައި އަމިއްލަ ގޮތުން ގިނަ ކެނޑިޑޭޓުންތަކެއް ވާދަކުރަނީ އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި ޕާޓީ ހިންގަމުންދާތީ ކަމަށެވެ.

އެ ޕާޓީން ކެމްޕޭނަށް މިހާތަނަށް ކުރި ދަތުރުތަކުގެ ތެރެއިން، އެމްޑީޕީ އަދި މިނިވަން ކެނޑިޑޭޓް ނުލައި ސަރުކާރަށް ނިސްބަތްވާ ފަސް ވަރަކަށް ކެނޑިޑޭޓުން ވާދަކުރާ ދާއިރާތައް އެބަހުރި ކަމަށް އީސަ ވިދާޅުވި އެވެ. 

"ބައެއް ރަށްރަށުގަ އެބަހުރި ގާތްގަނޑަކަށް، އެމްޑީޕީ ކެނޑިޑޭޓް ނޫން އަދި މިނިވަން ކެނޑިޑޭޓް ނުލައި، ތިމަންނަމީ ޕީޕީއެމްއޭ، ތިމަންނަމީ ސަރުކާރު ކެނޑިޑޭޓޭ ކިޔާފަ ނުކުމެ ތިބި ފަސް ވަރަކަށް ކެނޑިޑޭޓުން ތިބި ދާއިރާތައް އެބަހުރި. އަދި ކޮންމެ ކެނޑިޑޭޓަކު އެބޭފުޅެއްގެ ޕޯސްޓަރުގަ ރައީސް މުއިއްޒުގެ ފޮޓޯ ވެސް އިނދޭ. ޕާޓީގެ ލޯގޯ ވެސް އިނދޭ،" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ އަމިއްލަ ގޮތުން ކެނޑިޑޭޓުންތަކެއް ނުކުމެގެން އުޅެނީ ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުންގެ ކެނޑިޑޭޓުންގެ ގޮތުގައި ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަކި ކެނޑިޑޭޓެއް އަދި ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް، އަބްދުއްރަހީމް އަބްދުﷲ ތާއީދު ކުރައްވާ ވަކި ކެނޑިޑޭޓަކު ދާއިރާތަކުން ވާދަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކިހިނެތް ޔަގީން ކުރެވޭނީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން، ރައީސުލްޖުމްހުރިއްޔާއަށް ވެސް ސަރުކާރު ކެންޑިޑޭޓު ވަކިވާހެނެއް އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ،" އީސަ ވިދާޅުވި އެވެ.

ޕީއެންސީގެ ޕްރައިމަރީން ބަލިވި ގިނަ ކެނޑިޑޭޓުންތަކެއް ދަނީ އަމިއްލަ ގޮތުން ވާދަކުރަމުންނެވެ. ބައެއް ކެނޑިޑޭޓުންގެ ކެމްޕޭނުގައި ސަރުކާރުގެ އިސްވެރިން ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ. އެކަމާ ގުޅިގެން މިހާތަނަށް ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.