އަހަރުގެ ދެ މަސް | ޑޮލަރުގެ އާމްދަނީ ކުޑަ އިތުރުވުމެއް، 204 މިލިއަން

ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ގާތްގަނޑަކަށް ތިން ޕަސެންޓަށެވެ. ނަމަވެސް ޓޫރިޒަމްގެ ކުރިއެރުން އުޅެނީ 14 ޕަސެންޓުގަ އެވެ.

ޓޫރިސްޓުންތަކެއް ވީއައިއޭގައި : ޑޮލަރުގެ އާމްދަނީ އިތުރުވަނީ ނިސްބަތުން ކުޑަކޮށް

މި އަހަރުގެ ވޭތުވެދިޔަ ދެ މަސް ދުވަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުވެ، ޑޮލަރުގެ އާމްދަނީގެ ގޮތުގައި 204 މިލިއަން ލިބިއްޖެ އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 204 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 188 މިލިއަން ޑޮލަރުގަ އެވެ. މިއީ ތިން ޕަސެންޓުގެ އިތުރުވުމެކެވެ. 

ޑޮލަރުގެ އާމްދަނީ ލިބުނު ދާއިރާތައް

  •  ޓީޖީއެސްޓީ - 139 މިލިއަން ޑޮލަރު (77.9 ޕަސެންޓް )
  •  ގްރީން ޓެކްސް - 13.1 މިލިއަން ޑޮލަރު (6.7 ޕަސެންޓް )
  •  އެއާޕޯޓް ޑިވްލޮޕްމަންޓް ފީ - 12.3 މިލިއަން ޑޮލަރު (5.9 ޕަސެންޓް )
  •  ޑިޕާޗާ ޓެކްސް - 12.2 މިލިއަން ޑޮލަރު (5.8 ޕަސެންޓް
  •  ޓޫރިޒަމް ލޭންޑް ރެންޓް - 7.7 މިލިއަން ޑޮލަރު (2.8 ޕަސެންޓް

މި އަހަރުގެ މިހާތަނަށް ޑޮލަރުގެ އާމްދަނީން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. ޓީޖީއެސްޓީއަށް މި އަހަރުގެ މިހާތަނަށް 139 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިއީ ޖުމްލަ ޑޮލަރުގެ އާމްދަނީގެ 77 ޕަސެންޓެވެ. ޓޫރިޒަމް ސިނާއަތުން ދޭ ހިދުމަތުން ދައްކާ މި ޓެކުހުގެ އިތުރުން ދެވަނައަށް އެންމެ ގިނައިން ޑޮލަރުން އާމްދަނީ ލިބުނީ ގްރީން ޓެކުހުގެ ގޮތުގަ އެވެ. މި ޓެކުސް ޑޮލަރުގެ އާމްދަނީގެ 6.7 ޕަސެންޓް ހިއްސާ ކުރިއިރު 13.1 މިލިއަން ޑޮލަރު ވަނީ މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފަ އެވެ. 

ޑޮލަރުގެ އާމްދަނީއަށް ކުޑަ އިތުރުވުމެއް އައިސްފައިވާއިރު، މި އަހަރު ޓޫރިސްޓުން އިތުރުވަމުން ދަނީ ހަލުވިކަމާއެކުގަ އެވެ. ޓޫރިޒަމްގެ އެންމެފަހުގެ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް 478,416 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 417,079 ޓޫރިސްޓުންނާ އަޅާބަލާނަލަ 14.7 ޕަސެންޓުގެ އިތުރުވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.