އެކްސިޑެންޓް ވުމުން ރިޕޯޓް ނުކޮށް ދިޔަ ބަޔަކު ހޯދަނީ

އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަން ނަންބަރު، 9980062 ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި ސައިކަލެއް އެކްސިޑެންޓްވުމުން، އެކަން ފުލުހުންނަށް ރިޕޯޓްނުކޮށް ސީނުން ދިޔަ ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގަ އެވެ. ފުލުހުން މިއަދު އާންމު ކުރި ވީޑިއޯއަކުން ފެންނަނީ ޕާކުކޮށްފައި އޮތް ކާރެއްގައި ސައިކަލެއް ޖެހި ވެއްޓިފައި އޮތް މަންޒަރެވެ. ސައިކަލުގައި ތިބީ ދެ އަންހެން ކުދިންނެވެ. ދެ މީހުން ވެގެން ސައިކަލު ނަގާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އިރުކޮޅަކުން އެ ސަރަހައްދަށް އިތުރު ބަޔަކު އައިސް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު އެކްސިޑެންޓްވި މީހުން ގޮވައިގެން އެ ސަރަހައްދުން ދާ މަންޒަރު ފެނެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވި ދެ މީހުންނަށް އެއްވެސް އަނިޔާއެއްވީ މަންޒަރެއް ނުފެނެ އެވެ.

މި ވީޑިއޯއާއެކު ފުލުހުން ބުނެފައި ވަނީ އެމީހުންނަނީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަން ނަންބަރު، 9980062 ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

"މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަން،" ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.