ރާއްޖެއަށް ޔޫރަޕުގެ ތިން މާކެޓެއް ހަލުވިކަމާއެކު އިތުރުވަނީ

މިހާރު އެންމެ ހަލުވިކަމާއެކު ޔޫރަޕުން އިތުރުވަމުން ދަނީ ރަޝިއާ އާއި އިޓަލީ މާކެޓެވެ. މިދެ މާކެޓުން މަހެއްގެ މައްޗަށް 25،000 ޓޫރިސްޓުން އިތުރުވާ ކަމަށް ދައްކަ އެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ އއ. ތޮއްޑޫ : މިހާރު ޗައިނާ ނަގާފަ އެންމެ ބޮޑަށް އިތުރުވަނީ ރަޝިއާ

މަޑު ޖެހުމަކަށްފަހު، ރާއްޖެއަށް އެންމެ މުހިންމު ޔޫރަޕުގެ ތިން މާކެޓެއް މި އަހަރު ހަފުވިކަމާއެކު އިތުރުވާން ފަށައިފި އެވެ. 

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 466,273 ޓޫރިސްޓުން އައިސްފައިވާއިރު، ރާއްޖޭގެ އެންމެ ދުވަސްވީ މާކެޓު ކަމަށްވާ އިޓަލީ އާއި އިނގިރޭސި މާކެޓު މިހާރު ވަނީ އަލުން ރަނގަޅުވާން ފަށާފަ އެވެ. މީގެ އިތުރުން ރަޝިއާގެ މާކެޓު ވެސް ހަލުވި މިނެއްގައި އިތުރުވަމުންދާކަން ފާހަގަ ކުރެވެ އެވެ. 

ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  •  ރަޝިއާ - 44,222 ޓޫރިސްޓުން
  •  އިޓަލީ - 42,770 ޓޫރިސްޓުން
  •  އިނގިރޭސިވިލާތް - 40,448 ޓޫރިސްޓުން
  •  ޖަރުމަނު ވިލާތް - 29,196

ޔޫރަޕް 7.7 ޕަސެންޓުގެ އިތުރުވުމެއްގައި

މި އަހަރު ފެށުނު ޖެނުއަރީ މަހު މުޅި ޔޫރަޕުން އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 124,080 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 115,179 ޓޫރިސްޓުންނާ އަޅާބަލާނަމަ 7.7 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޔޫރަޕުން އެންމެ ގިނައިން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޓޫރިސްޓުން އައިސްފައިވާ ރަޝިއާ އިން 44,222 ޓޫރިސްޓުން އައިސްފައިވެ އެވެ. ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ ފެބްރުއަރީ މަހު އައިސްފައިވާ 19،400 މީހުންނާ އަޅާބަލާއިރު މިހާތަނަށް 25،000 މީހުން އިތުރުވެފަ އެވެ. އަދި އިޓަލީން މިދިޔަ މަހު ގާތްގަނޑަކަށް 19،000 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ މަހެއްގެ ތެރޭ ގާތްގަނޑަކަށް 24،000 މީހުން އެ ގައުމުންވެސް ރާއްޖެއަށް ވަނީ އިތުރުވެފަ އެވެ. މިހާރު އިޓަލީ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 42,770 އެވެ. 

ޔޫރަޕުގެ އިތުރުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޗައިނާގެ މާކެޓުން އައިސްފައިވާ ޓޫރިސްޓުންގެ އަދަދުވެސް ވަނީ ބައި ލައްކަ ފަހަނަ އަޅާ ގޮސްފަ އެވެ. 

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.