އެރައިވަލްސްގައި އިންޑިއާ ހަ ވަނައިގައި

މިހާރު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ހަ ވަނައިގަ އެވެ. ކުރީން އެ ގައުމު އޮތީ އެއްވަނައިގަ އެވެ.

މާލެއަށް ބަނދަރު ކުރި ކްރޫޒްލައިނާއަކުން ފޭބި އިންޑިއާ ޓޫރިސްޓުންތަކެއް: އިންޑިއާގެ ޓޫރިސްޓުން ވަނީ މަދުވެފައި

މި އަހަރު މިހާތަނަށް އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 28،000 ގަ އެވެ. މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 466،273 ޓޫރިސްޓުންނެވެ. ރާއްޖޭގެ މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. 

މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް އިންޑިއާއިން ރާއްޖެ އައިސްފައި ވަނީ 28،298 ޓޫރިސްޓުންނެވެ. މިހާރު އިންޑިއާ އޮތީ ރާއްޖެއަށް ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ހަ ވަނައިގަ އެވެ. 

އިންޑިއާއަކީ ކޮވިޑާ ހަމައިން ފެށިގެން މިދިއަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުކަމެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް އެ ގައުމުން 56،181 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ދެވަނައިގައި އޮތް ރަޝިއާއިން 44،222 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެން ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ 42،770 ޓޫރިސްޓުން އައި އިޓަލީ އާއި 40،448 ޓޫރިސްޓުން އައި އިނގިރޭސިވިލާތާއި 29،196 ޓޫރިސްޓުން އައި ޖަރުމަނާއި 18،365 ޓޫރިސްޓުން އައި ފްރާންސާއި 14،405 ޓޫރިސްޓުން އައި އެމެރިކާ އާއި 11،078 ޓޫރިސްޓުން އައި ޕޮލޭންޑާއި 10،120 ޓޫރިސްޓުން އައި ސްވިޓްޒަލޭންޑެވެ. 

މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.