ބީއެމްއެލްގެ އެހީގައި ގުރައިދޫ މަރުކަޒުގައި އިތުރު ވަސީލަތްތައް ގާއިމްކޮށްފި

މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ހަދިޔާކޮށްފައިވާ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (އެމްއެލް) ގެ އެހީގެ ދަށުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފި އެވެ.

މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށްގެން ދިޔަ މި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް، އެތަނަށް ބޭނުންވާ އާލާތްތަކެއް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ އެ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރުތަކަކާއި ފާހަނާ އެއް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި އުޅޭ މީހުން ސައިބޯނެ ކޮޓަރިއެއް ވެސް މި ޕްރޮޖެކްޓްގެ ދަށުން ގާއިމްކޮށްފައިވާ ކަމަށެވެ.

ބޭންކުން އަލަށް ގާއިމްކޮށްދިން ބަދިގެ -- ފޮޓޯ: ބީއެމްއެލް

މީގެ އިތުރުން، އެ މަރުކަޒުގެ މުވައްޒަފުންނާއި ބަލި މީހުން ބޭނުންކުރުމަށް ބޭންކުން ވަނީ ލައިބްރަރީ ކޯނަރެއް ވެސް ގާއިމްކޮށްފަ އެވެ.

މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ހަދިޔާކޮށްފައިވާ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.