ނިޝާނާއި ފަޒްލޫނަށް ދީނީ ނަސޭހަތުގެ ހުއްދަ އަނބުރާ ދީފި

ދެ އިލްމުވެރިންނަށް ދީނީ ނަސޭހަތްދޭން ހުއްދަ ދީފައި ވަނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ދީނީ ނަސޭހަތް ދިނުމުގެ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމު ކުރުމަށް އެއްބަސްވުމުންނެވެ.

ނިޝާން އަދި ފަޒްލޫން: ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ވަނީ ދީފައި --

ޖޫން 21، 2022 ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓް ހުއްޓުވުމުގައި އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ އުފުލާފައިވާ ދެ އިލްމުވެރީން ކަމަށްވާ ޝައިހު އާދަމް ނިޝާނާއި ޝައިހު ފަޒްލޫން މުހައްމަދަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދީފި އެވެ.

ދެ އިލްމުވެރިންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައި ވަނީ ކުރީ ސަރުކާރުންނެވެ. އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ދެ ބޭފުޅުންނަށް ވެސް އެ ހުއްދަ އަނބުރާ ދީފަ އެވެ.

ޝެއިހް ނިޝާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓްރީން އަލުން ހުއްދަ ދީފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިނިސްޓްރީއަށާއި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ދެ އިލްމުވެރިންނަށް ދީނީ ނަސޭހަތްދޭން ހުއްދަ ދީފައި ވަނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ދީނީ ނަސޭހަތް ދިނުމުގެ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމު ކުރުމަށް އެއްބަސްވުމުންނެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމުގައި ދެ އިލްމުވެރިން ހިމެނޭހެން 18 މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. މި ދެ އިލްމުވެރިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

އެ މައްސަލައިގެ ޝަރީއަތްތައް ފެށި ނަމަވެސް މިހާރު މައްސަލަ މަޑުޖެހިފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދިވެސް ކުރިއަށް ދަނީ ޝަރީއަތުގެ ކުރީގެ މަރުހަލާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.