"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް،" އާޒިމް ވިދާޅުވި އެވެ.
ރޯދަ މަހާ ދިމާކޮށް މާލޭ މަގު މަތީގައި ބޮޑެތި ކުނި ފުނިތައް ޖަމާވެފައިވާތީ، މަގުތައް ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އިއްޔެ އެކަނި ވެސް 59.9 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކައުންސިލްގެ މުވައްޒަފުން ނިކުމެ ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި 200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އިއްޔެ 59.9 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
އެއީ 25 ފޫޓުގެ އަށް ކޮންޓޭނަރުގެ ކުނިކަން އާޒިމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ވަނީ އިއްޔެ ކުނި ނެގުމަށް ކައުންސިލުން ކުރި މަސައްކަތުގެ ބައެއް ތަފްސީލު ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން؛
މަގުތަކަށް މި މިންވަރަށް ކުނި ޖަމާވެފައި ވަނީ ރޯދައާ ދިމާކޮށް ގޭތައް ސާފުކުރުމަށްފަހު މަގުތަކަށް ކުނި ނެރުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން މުޅި މާލެ އޮތީ ގޮނޑަކަށްވެފަ އެވެ. އެހެންވެ، ވެމްކޯ އިން ވެސް ވަނީ ބޮޑެތި ކުނި ހިލޭ ނަގައިދޭން ފަށައިފަ އެވެ.