އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތް އަޅަނީ ހުޅުމާލޭ އެއްވަނަ ފިޔަވަހީގަ އެވެ. ހަ ބުރީގެ އުސްމިނަށް ކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅަނީ --

އޮޑިޓާ ޖެނެރަލްގެ އާ އޮފީހުގެ ބިންގާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަޅުއްވައި ދެއްވައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތް އަޅަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގަ އެވެ. ހަ ބުރީގެ އުސްމިނަށް ކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. 

މި މަޝްރޫއުގެ ބިންގާ އެޅުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަދި އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއާ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ. މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ނުފެށި ވަނީ ލަސްވެފަ އެވެ. އެމްޓީސީސީއާ މަޝްރޫއު ހަވާލުކުރީ 138 މިލިއަން ރުފިޔާ އަށެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.