މަސްވެރީންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި

އެކްސް ގައި ރައީސް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ މަސްވެރީންނަށް މިއަދު ދެވުނު ފައިސާއާ އެކު މަސްވެރީން މިދިޔަ ހުކުުރު ދުވަހުގެ ނިޔަލަަށް ކިރުވި ހުރިހާ މަހަކަށް ފައިސާ ދީ މަސްވެރީންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ ކަމަށެވެ.

މަސްވެރި އުޅަނދެއް: މަސްވެރީންނަށް ނުދީ ހުރި ފައިސާ ދީ ނިންމައިފި -- ފޮޓޯ: ޒުވާން މަސްވެރިޔާ

މަސްވެރީން ކިރުވާފައިވާ މަހަށް ނުދީ ހުރި ހުރިހާ ފައިސާ އެއް ދީ ބެކްލޮގް އެއްކޮށް ކްލިއާ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ރައީސް ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ މަސްވެރީންނަށް މިއަދު ދެވުނު ފައިސާއާ އެކު މަސްވެރީން މިދިޔަ ހުކުުރު ދުވަހުގެ ނިޔަލަަށް ކިރުވި ހުރިހާ މަހަކަށް ފައިސާ ދީ މަސްވެރީންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއަދާ މިރޭ އެކަނި ވެސް 157 މިލިއަން ރުފިޔާ މަސްވެރީންނަށް ވަނީ ދޫކޮށްފައެވެ.

މަސްވެރީންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މިރޭގެ ނިޔަލަށް ދީ ނިންމިއިރު މަސްވެރީންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ރޯދައިގެ ކުރީންދީ ނިންމަވާނެ ކަމަށް ރައީސް ކުރީން ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރީންނަށް ނުދީ އޮތެވެ. މި ސަރުކާރަށް މިވީ މުއްދަތު ގައި މިހާތަނަށް މަސްވެރީންނަށް 700 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ބެކްލޮގް ފިލުވާލުމަށް ފަހު ދެން އޮތީ ކިރާ މަހަށް އެންމެ ލަސް ވެގެން 48 ގަޑިއިރު ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.