އެޗްޑީސީން ހިޔާ އަވަށުގައި މަސް މާރުކޭޓަކާ ލޯކަލް މާރުކޭޓެއް ހުޅުވައިފި

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެޗްޑީސީން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.

އެޗްޑީސީން ހިޔާ އަވަށުގައި ހުޅުވި ވަގުތީ މާރުކޭޓް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަމަޟާން މަހަށް ހާއްސަކޮށް ހިޔާ އަވަށު ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި އެވެ.

އެޗްޑީސީން ބުނީ ޑިންގީ ހާބަރު ސަރަހައްދު ގައި މަސްމާރުކޭޓެއް މިއަދު ހުޅުވާފައިވާ ކަމަށެވެ. 

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެޗްޑީސީން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.

މި މަސް މާރުކޭޓަކީ ހިޔާ އަވަށު ގައި ދިރިއުޅޭ މީހުންނަށް ރޯދަ މަހަށް ހާއްސަ ކޮށްގެން ހުޅުވި މަސް މާރުކޭޓެކެވެ. މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސް މާރުކޭޓެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ހިޔާ އަވަށުގައި ހުޅުވި މަސް މާރުކޭޓް

މަސް މާރުކޭޓުގެ އިތުރުން ކޯޕަރޭޝަނުން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއް ވެސް ހުޅުވާފަ އެވެ. އެގޮތުން މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލު ކުރެވިފައެވެ. ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެ މަސް ދުވަހަށް ކުރިއަށް ދާނެ ކަމަށް ވެސް ބުންޏެވެ. އަދި މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް އެކެއް އަދި ދޭއް އަދި ވިނަރެސް ނުވައެއް އަދި 10 ހުންނަ ސަރަހައްދުގަ އެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުމެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހޯދައިދިނުމެވެ. އެގޮތުން މި ރޯދަ މަހުގައި ހުޅުމާލެ ގައި ދިރި އުޅޭ މީހުންނަށް ވީހަވެސް ފަސޭހަ ވާނެ ހެން ކަންތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.