ދޮންއަދަރާދަ ހިނގުން ހުޅުވުމާއެކު އަމީނީމަގުގެ ޓްރެފިކަށް ބޮޑު ލުޔެއް

މިމަގު ހުޅުވުމުގެ ސަބަބުން އަމީނީމަގުގެ ޓްރެފިކަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފަ އެވެ. މިމަގު ބަންދުކޮށްފައި އޮންނަތާ 10 އަހަރު ވެއްޖެ އެވެ.

ދޮންއަނދަރާދަ މަގު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ފަހުމީ

ބަންދުކޮށްފައި އޮންތާ 10 އަހަރު ދުވަހަށްފަހު ހުޅުވި ދޮންއަންދަރާދަ ހިންގުމުގެ ސަބަބުން އަމީނީމަގުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެން ހިނގައްޖެ އެވެ. 

އަމީނީމަގުން ބޮޑު ތަކުރުފާނު މަގަށް ނުކުމެވެގެން އޮންނަ ދޮންއަންދަރާދަ މަހު ހުޅުވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މިމަގު ހުޅުވުމާ ހަމައަށް ދެ ސްކޫލް ހުންނަ މި މަގުގެ ޓްރެފިކް އެންމެ ތޮއްޖެހޭ މި ސަރަހައްދު ފެނިގެން ގޮސްފައިވަނީ ބާރު ބޮޑުކޮށެވެ. ނަމަވެސް މިއަދު ސްކޫލްތައް ހުޅުވިގެން ދިޔައިރު މިމަހުގެ ޓްރެފިކަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފަ އެވެ. 

އަމީނީމަގުގެ ޓްރެފިކަށް ލުއިވެގެން ދިޔަ މައިގަނޑު ސަބަބަކީ ބޮޑު ތަކުރުފާނު މަގަށް ނުކުންނަން އިތުރު މަގެއް ހުޅުވިގެން ދިއުމެވެ. ހާއްސަކޮށް ހުޅުމާލޭން ގިނަ ބަޔަކު މާލެ ސްލޫކްތަކަށް ކިޔަވަން ކުދިން ގެންނައިރު އެ ކުދިން ގޮވައިގެން ރިންގް ރޯޑަށް ކުރު މަގަކުން ނުކުންނަން މިހާރު ވަނީ މަގު ތަނަވަސްވެފަ އެވެ.  

ދޮންއަންދަރާދަ ހިނގުން ހުޅުވުމަކީ ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ރޯދައިގެ ކުރިން ކުރައްވާނެ ކަމަށް ވިދާޅުވި މަސައްކަތެކެވެ. ނަމަވެސް މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ މި މަގަކީ ސްޓެލޯގެ އިންޖީނު ތަކެއް ބަހައްޓާފައި ހުރި މަގަކަށްވުމާއެކު އެތަނުގައި ހުރި ބޮޑެތި ކޮންކްރީޓް ބުޑަތައް ނެގުމެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.