އަސާސީ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރޯދަ މަހު އަގު ހެޔޮކޮށް ލިބޭނެ: ރައީސް

ރޯދަ މަސް ފަށަނީ މާދަމާ އެވެ. ކާޑުގެ ބާވަތްތަކާއި މުހިންމު އެހެން ގިނަ އަސާސީ ބާވަތްތައް އަގު ހެޔޮކޮށް ހުސްނުވެ ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރޯދަ މަހު ކާބޯތަކެތީގެ އަގުތައް ހެޔޮކޮށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ

ރޯދަ މަހު އަސާސީ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އެސްޓީއޯއިން ގެނެސް އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ފަށާ ބައެއް ބާވަތްތައް މިހާރު އަގު ހެޔޮކޮށް ވިއްކަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގައި މިއަދު ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ. އަދި ރޯދަ މަސް ފެށިގެން ދާއިރު އެންމެ އަސާސީ ހުރިހާ ބާވަތެއް ވެސް އެސްޓީއޯ މެދުވެރުކޮށް ގެނެވި އަގު ހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށެވެ.

"މިހާރު ވެސް އަގު ހެޔޮކޮށް ވިއްކަން ފަށާފަ ވަނީ އަދިވެސް އިތުރު މަސައްްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށްޓަކައި" ރައީސް މިއަދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް މުސްތަގުބަލުގައި މެދު ރާސްތާގައި އަދި ދުރު ރާސްތާގައި ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގެ އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖގެ އުފެއްދޭ ގޮތް ގާއިމްކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުން ކަމަށެވެ.

"އޭރުން ކާބޯތަކެތީގެ އަގުވެސް ދަށް ވެގެން ދާނެ، އަދި ކުއަންޓިޓީ ވެސް ޔަގީން ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ. 

ރޯދަ މަސް ފަށަނީ މާދަމާ އެވެ. ކާޑުގެ ބާވަތްތަކާއި މުހިންމު އެހެން ގިނަ އަސާސީ ބާވަތްތައް އަގު ހެޔޮކޮށް ހުސްނުވެ ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.