އިންޑިއާގައި ނަޝީދު؛ ދިވެހީންގެ ފަރާތުން މައާފަށް އެދެން

"އަޅުގަނޑު މިކަމަކާ ވަރަށް ކަންބޮޑުވޭ. އަދި ދަންނާވަލަން ބޭނުން ވަނީ ދިވެހި ރައްޔިތުންގެ ފަރާތުން މާފަށް އެދެމޭ. އަޅުގަނޑުމެން ދެރަވޭ މިހެން ދިމާވުމުން،"

ރައީސް މުހައްމަދު ނަޝީދު

ދިވެހިރައްޔިތުންގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާ ގައި މާފަށް އެދިވަޑައިގެންފި އެވެ.

ދިވެހީންގެ ފަރާތުން ނަޝީދު މާފަށް އެދިވަޑައިގެންނެވީ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ދެއްވި ހާއްސަ އިންޓަވިއު އެއް ގައެވެ. ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި ގުޅޭގޮތުން ސަރުކާރުގެ ބައެއް ވެރީން ދައްކަވާފައިވާ ވާހަަކަތަކާއި ދެ ކަމާއި ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައިވާތީ އެކަމަށް މާފަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ ނުފޫޒު ގަދަ ބައެއް ބޭފުޅުން ދިވެހި ފަތުރުވެރިކަން ބޮއިކޮޓް ކުުރުމަށް ގޮވާލުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ އިންޑިއާ ފަތުރުވެރީންގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ ހެއްދެވުން ކަމުގައި ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިކަމަކާ ވަރަށް ކަންބޮޑުވޭ. އަދި ދަންނާވަލަން ބޭނުން ވަނީ ދިވެހި ރައްޔިތުންގެ ފަރާތުން މާފަށް އެދެމޭ. އަޅުގަނޑުމެން ދެރަވޭ މިހެން ދިމާވުމުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހިން ބޭނުންވާ ގޮތަކީ އިންޑިއާ މީހުން ރާއްޖެ އައުން ކަމަށެވެ. އަދި ދިވެހީންގެ މެހެމާންދާރީއާ ގާތް ކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ ލަކްޝަޑްވީޕްގެ ރަށްތަކުގައި ޓޫރިޒަމް ކުރިއަރުވާ ޗުއްޓީ ހޭދަ ކުރަން އެ ރަށްތައް ހިޔާރު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ އެ ގައުމުގެ ރައްޔިތުންނަށް ގޮވާލެއްވުމާ އެކު ރާއްޖޭގެ ޓޫރިޒަމާ ދެކޮޅު ޝުއޫރުތަކާ އެކު އިންޑިއާގެ ރައްޔިތުން ތެދުވި އެވެ. އެކަން ހޫނުވެ ދިވެހީންގެ ބަޔަކާއި ސަރުކާރުގެ ނާއިބުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު މޯދީއަށް ފުރައްސާރަ ކުރުމުން މައްސަލަ އިތުރަށް ގޯސްވި އެވެ. އަދި ހީނަރުވެފައި އޮތް ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ގޯސްވި އެވެ. އިންޑިއާގެ މަޝްހޫރު ވަރަށް ގިނަ ފަންނާނުންނާއި ނުފޫޒު ގަދަ މީހުން ވަނީ ރާއްޖެ ބޮއިކޮޓް ކުރަން ފާޅުގައި ގޮވާލާފައެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.