ވަޒީފާގެ ބިރު އެބަ ދައްކާ، އެކަން ހުއްޓާލާ: ޝާހިދު

ޝާހިދު ވަނީ ސަރުކާރުން ވަޒީފާގެ ހައްގުތަކަށް އަރައިގަންނައިރު ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ފާރަވެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހުވަދޫގައި ކެމްޕެއިން ކުރައްވަނީ

މި ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާ ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ކުރީގެ މިނިސްޓަރު ޝާހިދު މިކަަށް ގޮވާލެއްވީ ހުވަދު އަތޮޅު ދެކުނު ބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ވާހަކަ ދައްކަވަމުންނެވެ. މި ދަތުރަކީ މަޖިލީސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ދަތުރެކެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. ގާނޫނުގެ ވެރިކަން ނަގަހައްޓައި ސިޔާސީ ހިޔާލު ތަފާތުވާ މީހުން ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރުން ހުއްޓާލުމަށް ވެސް ގޮވާލެއްވި އެވެ. ވަޒީފާގެ ބިރުދެއްކުން ހުއްޓުވާ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީ މަޖިލީހުގެ މެޖޯރިޓީއާ އެކު އިދިކޮޅުގައި މި ވަގުތު އޮވެގެން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ސަރުކާރުން ވަޒީފާގެ ހައްގުތަކަށް އަރައިގަންނައިރު ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ފާރަވެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަންކަން ހުއްޓުވަން ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ގޮވާލެއްވި އެވެ.

ހުވަދު އަތޮޅުން ކެމްޕޭންތެރެއިން ދިމާވި ބައެއް މީހުން އެ މީހުންނަށް ވަޒީފާގެ ބިރުގެ ވާހަކަ ހިއްސާ ކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގެ ކެމްޕޭނުގައި އުޅޭތީ ވަޒީފާއިން ޑިމޯޓް ކުރުމާއި ކެމްޕޭނުގައި އުޅޭނަމަ ކަނޑާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.