ރައްޔިތުން ބުނަނީ މިވެރިކަން ބަދަލު ކުރަން ޖެހިއްޖެއޭ: ސޯލިހް

"ރާއްޖޭގެ ރައްޔިތުން މިއަދު ވަރަށް ސާފުކޮށް ބުނަމުން އެބަ ގެންދޭ އެ ހެދުނީ ގޯހެކޭ. މިކަން ބަދަލު ކުރަން ޖެހިއްޖެ އޭ،"

ކުރީގެ ރައީސް އިބްރާހިމްް މުހައްމަދު ސޯލިހް

ރިޔާސީ އިންތިހާބު ގައި ހެދުނީ ގޯހެއް ކަމަށް ގަބޫލުކޮށް އެކަން ބަދަލު ރައްޔިތުން ބޭނުންވާ ކަމަށް ކުރީގެ ރައީސް އިބްރާހިމްް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލެ ސިޓީގައި ހިންގަވާ ކެމްޕެއިން ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުން އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތީ އޭރުގެ ވާދަވެރީން -- މިހާރު ސަރުކާރު ގައި ތިއްބެވި ބޭފުޅުންގެ އޮޅުވާލުންތަކާއި ދޮގުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް މިއަދު ކަންކަން ސާފު ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ބަދަލު ކުރަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

"..އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުން މިއަދު ވަރަށް ސާފުކޮށް ބުނަމުން އެބަ ގެންދޭ އެ ހެދުނީ ގޯހެކޭ. މިކަން ބަދަލު ކުރަން ޖެހިއްޖެ އޭ. އެހެން ނޫން ނަމަ އަނެއްކާ ވެސް މި ގައުމު ގޮސް ވެއްޓޭނީ އަޅުގަނޑުމެން ހީކުރާ ވަރުގެ ބިރުވެރި ނަމާން ދުވަސްތަކަކަށް،"

އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް ސޯލިހް ވަނީ ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތުން ރާއްޖެއަށް އޮތީ އުނދަގޫ / ބިރުވެރި ދުވަސްތަކެއް ކަމަށެވެ. އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝައްކެއް ނެތް މި ސަރުކާރު މިސްރާބު ކަސިޔާރު ވެއްޖެ. ހަމަ މަގުން ނެއްޓިއްޖެ،" ސޯލިހް ވިދާޅުވި އެވެ.

ކޮމެންޓް

1
450
އިބޫ
1 month ago

އަސްލުތަ؟ ސޯލިހް ، ކައެ ދިޔައީ ގައުމު ބަނޑަށް ޖައްސާފަ، ކޮބާ ލަދު ހަޔާތް ދެ ދުވަސްވާއިރަށް ތިހެން އައިސް އަނގަހުޅުވަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.