ޑޮލަރު ހިފަހައްޓަން އެމްޕީއެލްގެ ފިޔަވަޅެއް، ބޭރުގެ އެޖެންޓުންގެ ފީ ޑޮލަރަށް

މިހާރު އެޖެންޓުން އަހަރެއްގެ މައްޗަށް މިގޮތަށް 30 މިލިއަން ޑޮލަރު މާރުކުރެ އެވެ. އަދި މިހާރުގެ އަގުން ބައި ބިލިއަނެއްހާ ރުފިޔާ އެ މީހުންނަށް ލިބޭނެ އެވެ.

އެމްޕީއެލް އިން ބަލަހައްޓާ ވިޔަފާރި ބަނދަރު

ރާއްޖެ އަށް ލިބޭ ޑޮލަރު ހިފަހައްޓައި، ޑޮލަރުގެ ބާޒާރު ހަމައަކަށް އަޅުވަން މާލެ ވިޔަފާރި ބަނދަރު ބަލަހައްޓަން އެމްޕީއެލް އިން މުހިންމު ފިޔަވަޅެއް އަޅަން ނިންމައިިފި އެވެ. އެއީ އަންނަ މަހުން ފެށިގެން ބޭރުގެ އެޖެންޓުން ވިޔަފާރި ބަނދަރަށް ދައްކާ ފީ ޑޮލަރުން ބަލައިގަންނަން ފެށުމެވެ. 

މި ބަދަލުގެ ތަފުސީލް ދެއްވަމުން އެމްޕީއެލްގެ ސީއީއޯ / އެމްޑީ މުހައްމަދު ވަހީޖު އިބްރާހިމް ވިދާޅުވީ މި ބަދަލުގެ ސަބަބުން އެޖެންޓުން ދިވެހި ރުފިޔާއިން މިހާރު އެމްޕީއެލްއަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކިނަމަވެސް އަންނަ މަހުން ފެށިގެން އެ ފީ ބަލައިގަންނާނީ ޑޮލަރުން ކަމަށެވެ. 

ސީއީއޯ ވަޖީހު ވިދާޅުވީ މިކަން މިގޮތަށް ކުރުމަކީ އިންސާފެއް ނޫން ކަމަށާ މިއީ ރާއްޖޭން ބޭރުވެގެންދާ އިތުރު ޑޮލަރުތަކެއް ކަމަށެވެ.
 
މިހާރު މިކަން ކުރަނީ ކިހިނެއް ؟  - މިހާރު މިކަން ކުރާ ގޮތަކީ ބޭރުގެ އެއާލައިންތަކުން އެޖެންޓުން މެދުވެރިކޮށް އެމްޕީއެލްއަށް ދައްކާ ފީ އެޖެންޓުން ރާއްޖޭގައި މާރު ކުރުމަށްފަހު ރުފިޔާއިން ދައްކާ ގޮތަށެވެ. މިހެން ހެދުމުން ރާއްޖޭގައި މި ވިޔަފާރީގައި ހަރަކާތްތެރިވާ އަވަށްޓެރި ގައުމުތަކުގެ ކުންފުނިތަކަށް ބޮޑު މަންފާއެއް ބްލެކުގައި ޑޮލަރު މާރުކޮށްގެން ލިބެ އެވެ. އަހަރަކު 30 މިލިއަން ޑޮލަރު (ގާތްގަނޑަކަށް މިހާރުގެ އަގުނަމަ ބައި ބިލިއަން ރުފިޔާ) ވަރު ލިބޭނެ އެވެ. 

އެމްޕީއެލް އަށް ބޭރުގެ އެޖެންޓުން ޑޮލަރުން ފީ ދެއްކުން ހުއްޓާލީ 2011 ވަނަ އަހަރުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިކަންވެފައި އޮންނަނީ ބޮޑު ވިޔަފާރިއަކަށެވެ. މިކަމުގެ ސަބަބުން މަދު ދިވެހިންތަނަކަށް މަންފާ ލިބުނަސް މިކަންވެފައި އޮތީ ގައުމާއި އިގްތިސޯދަށް ގޯސް ބަދަލަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.